މޫނުގައި ބިހިނެގުން މިއީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް ބައެއް މީހުންގެ މޫނުގައި ނަގާ ބިހި މާދުރަށް އެނގޭ ވަރަށް ރަތްވެފައި ހުރެއެވެ. މިކަމުގެ ސަބަބުން ތިމާގެ މޫނުގެ ސިފައަށް އައިބު ކަމެއް ގެނެސްދެއެވެ. އެފަތަ މީހުންނަށް މިއޮތީ ހައްލެކެވެ.
އައިސް ކިއުބް
ސާފު ފޮތި ކޮޅަކަށް އައިސް ކިއުބެއް ލާފައި މޫނުގައި ހާކާށެވެ. ފިނި ޓެމްޕަރޭޗާގެ ސަބަބުން ބިހީގެ ރަތްކަން ފިލުވާލައެވެ. އެހެންނަމަވެސް އައިސް ކިއުބް ހާކާނީ މަޑުމަޑުން ނެވެ. މާ ބާރަށް ހާކައިފި ނަމަ ބިހި ފަޅައިގެން ގޮސް ބެކްޓީރިއާތަށް އިތުރަށް ފެތުރޭގޮތް ވެދާނެ އެވެ.
އައި ޑްރޮޕް
ލޮލަށް އަޅާ ބޭހަކީ އާންމުކޮށް ލޮލުގެ ރަތްކަން ފިލުވާލުމަށް އެހީވެދޭ އެއްޗެކެވެ. އެބޭހުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މޫނުގައި ނަގާބިހީގެ ރަތްކަންވެސް ފިލުވާލުމަށް އެހީތެރިވެ ދެއެވެ. އެގޮތުން ރޭގަނޑު ނިދުމުގެ ކުރިން ކުޑަ ކަފަކޮޅެއްގައި ބޭސް ހޭކުމަށް ފަހު ބީހީގައި މަޑުމަޑުން ހާކާށެވެ.
އެސްޕްރިން
އެސްޕްރިންގައި ހިމެނޭ ސަލިސިލިކް އެސިޑަކީ މޫނުގައި ނަގާ ބީހީގެ އިތުރުން ކުދި ރޫ ފިލުވާލުމަށް އެހީވެދޭ އެއްޗެކެވެ. އެގޮތުން އެސްޕްރިން ގުޅަ ފުނޑުވާލުމަށްފަހު ފެންކޮޅަކާ އެއްކޮށް ޕޭސްޓެއް ހަދާށެވެ. އެއަށްފަހު މޫނުގައި އުނގުޅުމަށްފަހު ޕޭސްޓް އެއްކޮށް ހިކުމުން ދޮވެލާށެވެ.
ލުނބޯ ހުތް
ލުނބޯ ހުތަކީ ހަށިގަނޑަށްވެސް ފައިދާ ހުރި ބާވަތެކެވެ. ހާއްސަކޮށް ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑްގެ ސަބަބުން މޫނުގައި އުފެދޭ ބެކްޓީރިއާ ނައްތާލުމަށް އެހީވެފެއެވެ. ލުނބޯހުތް ބޭނުންކޮށްގެން ބިހީގެ ރަތްކަން ފިލުވާލުމަށް ލުނބޯ ހުތް ރޭގަނޑު ނިދުމުގެ ކުރިން ހާކާށެވެ.