twitterviber whatsapp telegramfacebookyoutube instagram
6th October 2026

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 8 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

Mar 26, 2025

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފަސް ދާއިރާއަކުން 8 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފި އެވެ.

ކޭއާރުއެޗުން ހޯދަން އިއުލާންކުރި ސްޕެޝަލިސްޓުންގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރަކާއި ހޭނައްތާ ދެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ހާއްސަ ދެ ޑޮކްޓަރަކާއި އެތެރެހަށީ ބަލިތަކުގެ ޑޮކްޓަރަކާއި ލޮލޮގެ ހާއްސަ ޑޮކްޓަރަކާއި ހަމުގެ ބަލިތަކުގެ ޑޮކްޓަރެކެވެ.

އަސާސީ މުސާރާއިގެ ގޮތުގައި 26231 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 15000 ރުފިޔާގެ އެލަވަންސްއެއް ހަމަޖެހިފައިވެ އެވެ. އަދި ހާޒިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 407 ރުފިޔާ ލިބޭނެ އެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔުންތައް ހުށަހެޅުމުގެ އެންމެފަހު ތާރީހަކީ އެޕްރީލްމަހުގެ 10 ވަނަ ދުވަހެވެ.

މަގާމަށް އެދި ހުށަހަޅާނީ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ނުވަތަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު އޮފީހުން ވެސް ބަލައިގަނެވޭނެ ކަމަށެވެ.

އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 6521661 ގުޅުން ސާފުވާނެ އެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293