twitterviber whatsapp telegramfacebookyoutube instagram
12th May 2025
ADVERTISEMENT
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ބަނޑަށް ދަރިފުޅު މަރުވުމުގެ ގިނަ މައްސަލަތަކެއް

އަބްދުލް ވާހިދު ޙަސަން
Feb 17, 2025
19

ކޭއާރުއެޗްގައި ކަރިކައިރީގައި ބަނޑަށް ދަރިފުޅު މަރުވުމުގެ ގިނަ މައްސަލަތަކެއް ފާހަގަވެ އާންމު ކަންބޮޑުވުންފާޅުކުރަމުން އެބަދެ އެވެ. ކުޅުދުއްފުށީގައި ހިންގާ ކަށުނަމާދު ޕޭޖުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 7 ކުއްޖަކު ވަނީ މަރުވެފަ އެވެ.

މީގެ ތެރެއިން 6 ކުދިން ބަނޑަށް މަރުވެފައިވާއިރު އެއް ކުއްޖަކު މަރުވެފައިވަނީ ވިހެއުމަށްފަހު 18 ދުވަސްފަހުންނެވެ. މަރުވި 7 ކުދިންގެ ތެރޭގައި އެއްމާބަނޑު ދެ ކުދިންގެވެސް ހިމެނެ އެވެ. އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކީ އުފެދުމުގެ މައްސަލައެއް ހުރި ކުއްޖަކަށްވުމުން އެ ކުއްޖާ ދުނިޔޭގައި ނުހުންނެކަން ޑޮކްޓަރުން ވަނީ ކުރިންވެސް ވިދާޅުވެ އެވެ.

އެކަމަކު ހާލު ދެރަވެ ފަސް މަހުގައި ދެ ކުދިން ނަގަން ޖެހުނެވެ. އެ ކުދިންވެސް އޮތީ މަރުވެފަ އެވެ.

އަތޮޅުތެރޭގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އެންމެ ފަހުން ބަނޑަށް ކުއްޖަކު މަރުވެފައިވަނީ ރޭގަ އެވެ. ކޭއޯއަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާއަކީ ބަނޑަށް 36 ހަފުތާވެފައިވާ ކުއްޖެކެވެ.

މީސް މީޑިއާގައި މިކަމުގެ ކަންބޮޑުވުންފާޅުކޮށް މީހަކު ކުރި ޕޯސްޓެއްގައި ބުނީ، މިއީ އިއްތިފާގެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ސިލްސިލާކޮށް ޅަފަތުގައި ކުދިން މައިމީހާގެ ބަނޑަށް މަރުވުމުގައި ސަބަބުތަކެއްވާނެ ކަމަށެވެ. އަދި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ކަމާ ގުޅުން ހުރި އިދާރާތަކުގައި އޭނާ އެދުނެވެ.

ހުސްވި 2024 ވަނަ އަހަރު ފަހުކޮޅުވެސް ބަނޑަށް ކުދިން މަރުވުމާއި ވިހެއުމުގެ ތެރޭގައި އާއި ވިހެއުމަށް ފަހު ކުދިން މަރުވުމުގެ މައްސަލަތައް ހިނގި އެވެ. އެގޮތުން އެފަދަ ހަތަރު މައްސަލައެއް ފާހަގަވެފައިވެ އެވެ. އޭގެ ތެރެއިން އެ ކުއްޖަކު މަރުވީ ވިހެއިތާ 6 ދުވަސްފަހުންނެވެ. އެހެން ކުއްޖަކު އެއްދުވަސް ފަހުން މަރުވިއިރު ދުވަސްފުރާ ވިހެއި ކުއްޖަކުވެސް މަރުވެފައިވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މިހާރުން ހިންގަމުންދަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ. އެހެންވެ މިކަމުގައި ހެލްތް މިނިސްޓްރީގެ ބަހެއް ހޯދަން އެ މިނިސްޓްރީއަށް ގުޅާލުމުން ބުނީ، އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ބަނޑަށް މަރުވި ގިނަ ކުދިންގެ ތެރޭގައި ހިމެނެނީ 28 ހަފުތާގެ ކުދިން ކަމަށެވެ.

އަދި އެ މައްސަލަތައް މިނިސްޓްރީން މޮނިޓަރކޮށް ބަލަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތުދިނެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި ކޭއާރުއެޗްގެ ހިދުމަތް ދަށަށް ދިޔަކަމުގެ ޝަކުވާ!

އަތޮޅުތެރޭގެ އެންމެ ގިނަ ބަޔަކު ބޭސް ފަރުވާގެ ހިދުމަތް ހޯދަނީ ކޭއާރުއެޗުންނެވެ. މާލެ ސަރަހައްދު ފިޔަވާ އެންމެ ގިނަ ބަޔަކު ވިހަނީވެސް ކޭއާރުއެޗުގަ އެވެ. އެކަމަކު ފާއިތުވި އަހަރެއްހާ ދުވަސްތެރޭގައި ހޮސްޕިޓަލްގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމުގައި ޝަކުވާ ސޯޝަލް މީޑިއާގައި އާންމުން އަންނަނީ ކުރަމުންނެވެ.



ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން 2021 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މިނިސްޓްރީގެ ދަށުން ވަކިކުރުމަށްފަހު އެހޮސްޕިޓާ ވަކި ގަވާނިންގ ބޯޑެއްގެ ދަށުން ހިންގުމަށް އޭރުގެ ސަރުކާރުން ނިންމި އެވެ.

ބޯޑަށް 6 މެންބަރުން އައްޔަނުކޮށް ހޮސްޕިޓާ ލާމަރުކަޒީކޮށް ހިންގުމަށް ފެށުމުން ބޮޑުތަނުން ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅުވި އެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވުމުން ބޯޑު އުވާލައި އަލުން މިނިސްޓްރީގެ ދަށަށް ހޮސްޕިޓާގެ ބަދަލުކޮށް ސިއްހީ ދާއިރާ މަރުކަޒީކުރި އެވެ.

ނަން
ކޮމެންޓް
ވާހިނދުކޮޅުގެ ބަފާއަށް
ތުއްތުކުދިން މަރުވާތީ ދެރަވެގެންނެއް ނޫން ތިއުޅެނީކީ، ސިޔާސީ ގޮތުން ކިޔާނެ އެއްޗެއްނެތިގެން ދައްކާނެ ވާހަކައެއް ހަދާލީ. ކުރިންވެސް ތުއްތުކުދިން މަރުވޭ ވިހާފަހުންވެސް. ތިއުޅެނީ ހަމަ ސިޔާސީ ވެގެން. ވާހިދު އަށް ހަބަރު ހެދޭނީ މިހާރު ސަރުކާރު އާ ދެކޮޅަށް. ކައުންސިލަރުން ދަށުވެފަ ހުންނަ މީހެއް އެެއީ
ޛ
މިދިޔަ އަހަރު ތިބި ޑޮކްޓަރުން މި އަހަރުވެސް ގައިނީ ބައިގަ ތިބީ. ނާޒިމާ އެއް ނޫން މާބަނޑު މީހުން ބަލަނީ. ނާޒިމާ ކުރާ ކަމެއްނަމަ ނާޒިމާ ގޭ ކުއްޖަކަށް އެހެން ނުވާނެދޯ.
ކޮންމެ ކަމެއް ސިޔާސީ ކުރާ ވާހިނދުކޮޅުގެ ބަފާ
މީގަ ނެތް މީހަކު ސިޔާސީވެފަ އެއް، މިއީ އެންމެހާ ރައްޔިތުންނަށާއި ސަރުކާރުގެ ސަމާލުކަމަށް މި މައްސަލަގެންނަން ލަސްވެފައިވާތީ ހަމަ ލިޔެފަ އޮތް ރަނގަޅު ހަބަރެއް، ކުޅުދުއްފުށީ ރައްޔިތުން މިކަމާއި ނޫޅޭ މިކަން ރަނގަޅުވާނެ ގޮތެއް ނުވިސްނޭ ގަމާރެއް ތިޔަކީ.
މެނޭޖްމަންޓް ގެ ފޭން
ފަރުވާ ކުޑަކަމާއި ކަންކން ސިއްރުކުރުމުގަ ތިހާ އެކުވެރި މެނޭޖްމަންޓް އެއް އަދި ނުފެނޭ. ތިޔައީ މި އަހަރު އެކަނި ވާކަމެއް ނޫނޭ ނިމިދިޔަ އަހަރު ކުރީކޮޅުގަވެސް ކުދިން އުފަންވުމަށް ފަހު ނިޔާވެފަވޭ. ނިޔާވި ސަބަބެއްކަމުގައި އެއްސަބަބެއް ވަރަށް ބޮޑަށް ތަކުރާރުކޮށް ހުރި. ތި މައްސަލަ ބަލާނެ ބަޔަކު ތިބިކަމަކަށް ޤަބޫލުއެއް ނުކުރެވޭ. ތުއްތު ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި، މައިންބަފައިނަށް ކެތްތެރިކަން ދެއްވާށި.
ފޭޓް
ތިތަނައް ނާޒިމާ ލީ ފަރޭ
ފުނަ
ތިކަމުގެ ޒިންމާނަގަން ޖެހޭނެ ޕަޗީވެސް މާ ޑޮކްވެގެން އުޅޭ މުހައްމަދު އަލީވެސް
ކިއުޓީ
ބޮހޭ ލައި މީހުން ވިއްސަން!
ސަންގުބެ
އަަބަދުވެސް ތިޔައީ ބަލިމީހުނަށް އިހުމާލުވާ ހޮސްޕިޓަލެއް ' ބަލި މީހުންގެ ސިއްރުތައް ބައެއް ނަރުހުން އަދި ސްޓާފުންގެ ފަރާތުން ބޭރުތެރެއަށް އާއްމުވަމުންދަނީ މަދެއްކޮށެއްނޫން . މިހާރުވެސް ވަކި ބަދަލެއް އައިތަނެއް އަދި ނުފެނޭ .
ފޮޓޯ
ހަބަރު ލިޔާ އިރު އެކުދިންގެ މައިން ބަފައިންނަށް ގުޅާލާފަ ހަބަރު ލިޔެލާ ނަމަ..ހަމަ ހިތައް އެރި ގޮތަކައް ތި ލިޔެލަނީ.މިކަހަލަ ހިތާމަ ވެރި ވަގުތު ތަކުގަ ވެސް..ވާހިދުމެން މީހުނާ ނީދެ ތިބޭތި މިކަންކަން އިހްސާސެއް ނުވާނެ
ޚ
ތިތަން ރަނގަޅު ކުރަން ވާހަކަ ދައްކާ މީހާ އެހެލާނީ. ވަރަށް ވެދުމާއި ސަލާން
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com