twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރިއަލް މެޑްރިޑުން 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފި

May 29, 2016

އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރިއަލް މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި އެވެ. މިއީ 3 އަހަރު ތެރޭ ރިއަލް މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ރިއަލް މެޑްރިޑުން މި މެޗު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން 5-3 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ރިއަލް އިން މެޗު ފަށައިގެން މޮޅަށް ކުޅެފައިވާއިރު، ރިއަލް އިން ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓްގައި ރިއަލްގެ ހާފު ތެރެއިން ލިބުނު ހިލޭ ޖެހުމެއްގައި ޓޮނީ ކުރޫސް ފޮނުވާލި ބޯޅަ އަކުން ސާޖިއޯ ރާމޯސް އެވެ. މި ލަނޑާއެކު އެތުލެޓިކޯއިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފަ އެވެ.

އެތުލެޓިކޯއިން ދެވަނަ ހާފު ވަރުގަދަކޮށް ފަށާފައިވާއިރު 47 ވަނަ މިނެޓްގައި ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް އޮންޓޮއިން ގުރިޒްމަން ފޮނުވާލި މި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެތުލެޓިކޯއިން މި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ފެރެއިރާ ކަރަސްކޯ އެވެ.

މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ރިއަލް އިން ޖެހި 5 ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެތުލެޓިކޯގެ ހަތަރު ޕެނަލްޓީ ތެރެއިން ވަދެފައި ނުވަނީ ޖުއަފްރަންގެ ޕެނަލްޓީ އެވެ.

ރިއަލް އިން އެންމެ ފަހުން ދެ ފަހަރުވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ އެތުލެޓިކޯ މެޑްރިޑް ބަލިކޮށްގެންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355