twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރޯދަމަސް ފެށުނުއިރު ކުޅުދުއްފުށީ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވާތްތައް މަދު

Jun 6, 2016

ރޯދަމަސް ފެށޭއިރު ދިވެހީންގެ ތެރޭގައި އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތަކީ މޭވާ އާއި ތަރުކާރީއެވެ. ރޯދަ ވީލާ ގަޑިއަށް ކޮންމެ ގެއެއްގައި ކޮންމެވެސް ވައްތަރެއްގެ މޭވާއެއްގެ ފަނި ހުންނަ ޖެހެ އެވެ. ހަމަ އެހާމެ ގިނައިން ތަރުކާރީގެ ބާވަތްތައްވެސް ރޯދަމަހު ބޭނުންކުރާ ނިސްބަތް ގިނަ އެވެ.

މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހު ކުޅުދުއްފުށީގެ ބާޒާރު ބަލާލާއިރު މޭވާ އާއި ތަރުކާރީގެ ބާވާތްތައް ފެންނަނީ ވަރަށް މަދުންނެވެ. ހާއްސަކޮށް މޭވާ އެވެ. މަދު ފިހާރައެއްގައި އޮރެންޖް ހުރިއިރު ފީވާން ކައިރިވެފައިވާ ހުރި އަނބާއި ބޭރުން އެތެރެކުރާ ފޭރު ހުއްޓެވެ. ފަނި ގިރާ ބާވާތްތަކުގެ ތެރެއިން ދެން ހުރީ ކުރުނބާ އާއި ކަރާ އެވެ. މި ދެ ބާވަތް ވެސް ބާޒާރުގައި ހުރީ ވަރަށް މަދު ފިހާރައެއްގަ އެވެ. ބާޒާރުގައި މޭވާގެ މަދު ނަމަވެސް އަގުތަކަށް ބޮޑެއް ނޫނެވެ.

ކަރާ ކިލޯއެއްގެ އަގު ހުރީ 20 ރުފިޔާ އާއި 25 ރުފިޔާގެ ދެމެދުގެ އަގުތަކުގަ އެވެ. 10 ރުފިޔާ އާއި 25 ރުފިޔާ ދެމެދުގެ އަގެއްގައި ކުރުނބަލެއް ހުރިއިރު އޮރެންޖް ހުރީ 10 ރުފިޔާއަށް 3 އޮރެންޖެވެ.

“ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދައްކަމުން ބައެއް ވިޔަފާރިވެރިން ބުނީ ބާޒާރުގައި މޭވާ މަދުކޮށްފެންނަނީ މާލޭގެ ބާޒާރުން މޭވާ ގަންނަ ނުލިބޭތީ ކަމަށެވެ. އެހެން ނަމަވެސް ފާޅު ބޯޓް އައުމުން ބާޒާރުން މޭވާ ލިބޭނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

މިއަހަރު ރޯދަމަސް ފެށުނުއިރު ތަރުކާރީގެ ބާވާތްތައް ވެސް ބާޒާރުމަތީގައި ހުރީ މަދުންނެވެ. އާއްމުކޮށް ގިނަ ފިހާރަތަކެއްގައި ހުރީ ބައްޓާއި ބަރަބޮލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355