twitterviber whatsapp telegramfacebookyoutube instagram
18th May 2025

ރައްޔިތުންނަށް ވައުދުވި ކަންކަން ހާސިލްކޮށްދިނުމުގައި ގިނަ ކަންކަމުގައި ކުރިއެރުން ހޯދިއްޖެ: އަހުސަން

އަބްދުލް ވާހިދު ޙަސަން
May 18, 2025

ރަށުގެ ރައްޔިތުންނަށް ވައުދުވި ކަންކަން ހާސިލްކޮށްދިނުމުގައި ގިނަ ކަންކަމުގައި ކުރިއެރުންތަކެއް ހޯދިފައިވާކަމުގައި ށ ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހުސަން ވިދާޅުވެއްޖެ އެވެ.

ހަތަރުވަނަ ދައުރުގެ ކައުންސިލަށް ހަތަރު އަހަރު ފުރުން ފާހަގަކޮށް އަހުސަން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ރައްޔިތުންނަށް ވައުދުވި ކަންކަން ހާސިލްކޮށްދިނުމުގައި ގިނަ ކަންކަމުގައި ކުރިއެރުން ހޯދިއްޖެ ކަމާއި ބައެއް ކަންކަމުގައި އަދިވެސް ރައްޔިތުންގެ އުންމީދުކުރި މިންވަރު ހާސިލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"ބައެއް ކަންކަމުގައި އަދިވެސް ރައްޔިތުންގެ އުންމީދުކުރި މިންވަރަށް ހާސިލްކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ. ހުރިހާ ކަމެއްގައި އެކުގާ ތިއްބެވި ކައުންސިލް މެމްބަރުންނަށާއި އަންހެނުން ތަރައްޤީއައް މަސައްކަތްކުރާ ކޮމިޓީ މެމްބަރުންނާ އެންމެހާ އިދާރީ މުވައްޒަފުންނަށް ޝުކުރިއްޔާ. [އަދި] މިކަމުގައި ހިތްވަރުދެއްވާ އެހީތެރިވެދޭ އެންމެހާ އެކުވެރިންނަށާއި ރައްޔިތުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." ކަނޑިތީމު ރައީސް ވިދާޅުވި އެވެ.

ހުރިހާ މަސައްކަތެއް ކުރުމުގައި އެކުގައި ތިއްބެވި ކައުންސިލް މެމްބަރުންނަށާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެމްބަރުންނާ އެންމެހާ އިދާރީ މުވައްޒަފުންނަށް އަހުސަން ވަނީ ޝުކުރުއަދާކުރެއްވި އެވެ. އަދި މިކަމުގައި ހިތްވަރުދެއްވާ އެހީތެރިވެދޭ އެންމެހާ އެކުވެރިންނަށާއި ރައްޔިތުންނަށްވެސް އޭނާގެ ޕޯސްޓްގައިވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355