twitterviber whatsapp telegramfacebookyoutube instagram
18th October 2025

ތާނައިގެ ރަށް ކަނޑިތީމަކީ ގުދުރަތީވެސް ނަމޫނާއެއް

Oct 18, 2025

ދިވެހި ތާރީޚުގައި ޚާއްސަ މަޤާމެއް ލިބިފައިވާ ށ. ކަނޑިތީމަކީ، ތާނަ އަކުރު ފުރަތަމަ ފެނުނު ރަށްކަމުގައި ރެކޯޑުކުރެވިފައިވާ ރަށެވެ. މިއަދު މި ރަށަކީ ޒަމާނީ ވަސީލަތްތަކާއެކު ފަތުރުވެރިންނަށް ހިތްފަސޭހަ ތަޖުރިބާތަކެއް ފޯރުކޮށްދޭ މަންޒިލަކަށް ވަމުން އަންނަ ރަށެކެވެ.

ރަށަށް ފުރަތަމަ އަރާއިރު ފެންނަ މޮނިއުމެންޓުން ފެށިގެން، ރަށުގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ މުނިފޫހިފިލުވުމުގެ ވަސީލަތްތަކުން ދައްކުވައިދެނީ ރަށުގެ ތަރައްޤީގެ ކުރިމަގެވެ. ބުމްބަރު ނަމުން މަޝްހޫރުވެފައިވާ ކުރެދިގަސްތަކުގެ ތެރެއިން ދެވޭގޮތަށް ހެދިފައިވާ ޑެކާއި، ނިކަމަތި ގެ ނަމުގައި ނިކަގަހެއްމަތީ ހެދިފައިވާ ހިތްގައިމު ޑެކަކީ ރަށުގެ ޚާއްސަ ތަންތަނެވެ.

ރަށުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސަރަޙައްދަކީ އަކުރު ބީޗް އެވެ. މި ބީޗަކީ ކެފޭއަކާއި މޫދު ކުޅިވަރުގެ ޚިދުމަތްތައް ލިބެން ހުންނަ، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ ސަރަޙައްދެކެވެ. މީގެއިތުރުން މާކަނާ ފާލަން އަކީ ރަށާ ގުޅިފައިވާ ކުޑަދޫއާ ދެމެދު ގުޅުން ޤާއިމުކޮށްދޭ މުހިންމު ވަސީލަތެކެވެ.

ކަނޑިތީމުގެ ތަރިކަ ދިރުވައި އާލާކުރުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވެއެވެ. ކަނޑިސާރުގެ ނަމުގައި ޤާއިމުކުރެވިފައިވާ ތަރިކައިގެ މަރުކަޒުން، ރަށުގެ މާޒީގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުންދެއެވެ.

ކަނޑިތީމުގެ ގައިޑް-- އިތުރަށް ބަލާލުމަށް

ކުޑަކުދިންނާއި ޢާއިލާތަކަށް އަމާޒުކޮށް ނިކަ ޕާކު އާއި ރޯސް ޕާކު ފަދަ ތަންތަން ޤާއިމުކުރެވި، ރަށުގެ ޤުދުރަތީ ރީތިކަމާއި ޒަމާނީ ވަސީލަތްތައް ކަނޑިތީމުން ފޯރުކޮށްދެވެމުންދާކަން ފާހަގަކުރެވެއެވެ. ބޮލިކައްޓަފުޅި ފަދަ ޤުދުރަތީ ރީތި ސަރަޙައްދުތަކަކީ ރަށުގެ ޚާއްސަ މަންޒިލްތަކެވެ

އަދުގެ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ ގެސްޓްހައުސްތަކާއި، ދިރިއުޅުމަށް ކުއްޔަށްދޫކުރާ ކޮޓަރިތަކާއި، ކެފޭތަކުގެ ޚިދުމަތާއި އަދި ގޭގައި ކެއްކޭ ކާނާ ފަސޭހަކަމާއެކު ލިބެންހުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355