twitterviber whatsapp telegramfacebookyoutube instagram
25th October 2026

ބޯ ދުމާއި ތެލުގެ އަސަރު ކޮށްފައިވާތީ ވާރޭފެން ނުނަގަން އިލްތިމާސްކޮށްފި

Oct 25, 2026

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ވައިގެ ތެރެއަށް ބޯދުމާއި ތެލުގެ އަސަރު ފެތުރިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ވަގުތު ވެހޭ ވާރޭފެން ނުނެގުމަށް ށ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

ށ. އަތޮޅު ހޮސްޕިޓަލުން މިއަދު އާއްމުކުރި ޕޯސްޓެއްގައި މިވަގުތު ވެހޭ ވާރެއިން ފެން ނުނެންގެވުމަށާއި، އަދި ވާރެޔާ ނުތެމި ރައްކާތެރިވެ ތިއްބެވުމަށް ވަނީ އެދިފައެވެ.

މިފަދަ ހާލަތެއްގައި ވާރޭފެނުން ސަލާމަތްވުމަކީ އާއްމުންގެ ސަލާމަތާއި ސިއްހަތަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އަލިފާނުގެ ހާދިސާތަކުގައި ބައެއް ފަހަރު ވިހަ ގޭސްތަކާއި ތެޔޮ ފަދަ މާއްދާތައް ވައިގެ ތެރެއަށް ފެތުރި، ވާރޭފެނާއި އެކު ބިމަށް އައުމުގެ ފުރުސަތު އޮވެއެވެ. މިފަދަ ފެން ބޭނުންކުރުމުން ނުވަތަ މި ފެނުން ތެމުމުން ސިއްހީ މައްސަލަތައް ކުރިމަތިވުން އެކަށީގެންވެއެވެ.

ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހެނދުނު ރޯވި ނުރައްކާތެރި އަލިފާންގަނޑު، މުޅިން ނިއްވާލެވިފައިވީ ނަމަވެސް އެސަރަހައްދުގެ ގިނަ ގެތަކަށްވެސް ވަރަށް ބޮޑަށް ވަނީ ދުމުގެ އަސަރުކޮށްފައެވެ. ބޯ ދުންގަނޑު މުޅި ސަރަހައްދަށް ފެތުރިފައިވާއިރު، ދުމުގެ އަސަރުކޮށްގެން 18 މީހަކަށް ފަރުވާދޭން ޖެހުނެވެ. އޭގެތެރޭގައި 16 އާންމު ރައްޔިތުންނާއި، އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި 1 ފަޔާ ފައިޓަރަކާއި، ށ. އަތޮޅު ހޮސްޕިޓަލުގެ 1 މުވައްޒަފެއް ހިމެނެއެވެ. ނަމަވެސް މި ފަރާތްތަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. މިވަގުތު 4 ފަރާތަކަށް ށ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293