twitterviber whatsapp telegramfacebookyoutube instagram
25th October 2026

"ބްލޮކް ގްރާންޓަށް ބަދަލު ނުގެނެސް ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުން ހިދުމަތްތަކަށް ބުރޫއަރާނެ"

"ކައުންސިލަރުންގެ މުސާރަ ބޮޑުކުރި ގޮތުން ހިދުމަތްތަކަށް ބުރޫއަރާފާނެ"

Oct 25, 2026

ދައުލަތުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓަށް ބަދަލު ނުގެނެސް ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަކީ ހިދުމަތްތަކަށް ބުރޫ އަރާނެ ކަމެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުން އަދި ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން މަޖިލީހުން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ކުރައްވާ މެންބަރުން ސޮއި ކުރައްވައި ނެރުއްވި ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ އަދަދަކީ ރައްޔިތުންގެ އެތައް ބޭނުންތަކެއް ފުއްދަން ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކެއް ކަމަށެވެ.

"...ބްލޮކް ގްރާންޓަށް ބަދަލު ނުގެނެސް، ކައުންސިލަރުންނާއި ކައުންސިލް ރައީސުންގެ މުސާރައަށް ބަދަލު ގެނައުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެތައް ހިދުމަތަކަށް ބުރޫއަރާނެ ކަމެއް ކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ދަނީ ފާޅު ކުރަމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަޖިލިސް މެންބަރުންނަކީ އެފަދަ ކަންކަން ހުއްޓުވަން ތިބޭ ބަޔަކަށްވި ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށް ޕީޖީ ގްރޫޕުން ބުންޏެވެ.

"...ވަޒީރުންނާއި މަޖިލިސް ރައީސްގެ އިނާޔަތްތައް އިތުރު ކުރުމަށް ވުރެ މުހިންމު ކަންކަން ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް އޮތުމުން އެކަންކަމަށް އިސްކަން ދިނުމަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މުސާރަ އަށް ގެންނަ ބަދަލުތައް

  • މަޖިލީހުގެ ރައީސްގެ މިހާރުގެ މުސާރައަކީ 73،125ރ. - މުސާރަ ބޮޑު ވަނީ 95،125ރ. އަށް
  • ވަޒީރުންގެ މިހާރުގެ މުސާރައަކީ 58،500ރ. - މުސާރަ ބޮޑު ވަނީ 75,500ރ. އަށް
  • ކައުންސިލް ރައީސްގެ މިހާރުގެ މުސާރައަކީ 25،500ރ. - މުސާރަ ބޮޑު ވަނީ 30،500ރ. އަށް
  • ކައުންސިލްގެ ނައިބު ރައީސްގެ މިހާރުގެ މުސާރައަކީ 20،000ރ. - މުސާރަ ބޮޑު ވަނީ 25،000ރ. އަށް
  • ކައުންސިލް މެންބަރެއްގެ މިހާރުގެ މުސާރައަކީ 18،000ރ. - މުސާރަ ބޮޑު ވަނީ 23،000ރ. އަށް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293