twitterviber whatsapp telegramfacebookyoutube instagram
25th October 2026

ފުނަދޫ: 4 ގަޑިއިރު ފަހުން އަލިފާން ނިއްވާލައިފި، 16 މީހަކަށް ފަރުވާ ދެނީ

މޫސާ އަލީ
Oct 25, 2026

ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 16 މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ގޮވުންތަކުގެ އަޑުތަކާއެކު އެކު މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި ހަ މީހަކު ފިހުނު އިރު ހަ މީހަކަށް ފަރުވާ ދެނީ ދުމުގެ އަސަރު ކޮށްގެންނެވެ. ދުމުގެ އަސަރު ކޮށްގެން ފަރުވާ ދިން މީހުންގެ ތެރޭގައި އަލިފާން ނިއްވަން އުޅުނު ދެ ސިފައިން ހިމެނެ އެވެ.

އޭގެ އިތުރުން ހަތަރު މީހަކު ހޭނެތިގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

އަލިފާން ރޯވެ ކޮންޓްރޯލުން ނުވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކާއި ފަސް ގަރާޖަށް ގެއްލުންވި އެވެ.

މި ހާދިސާ އާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުން ގެތަކުން ވަނީ ހުސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293