ށ. ފުނަދޫގައި ޕެޓްރޯލް ޝެޑެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ރަށުގައި އަމިއްލަ ފަރާތަކުން ހިނގާ ޕެޓްރޯލް ޝެޑެއްގަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.
އަލިފާން ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ ސަރަހައްދުގައި ހުރި ގެތަކުން މީހުން ވެސް ވަނީ ކޮށްފަ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުން އަންނަނީ އެއާޕޯޓުގެ ފަޔާ ފައިޓަރުންނެވެ. އަދި ހދ. ކުޅުދުއްފުށީގެ ފަޔާ ސްޓޭޝަންގެ ސިފައިން އެ ރަށަށް އަންނަނީ ދަތުރު ކުރަމުންނެވެ.



