twitterviber whatsapp telegramfacebookyoutube instagram
20th August 2025

ޖަޕާނުން ކުޅުދުއްފުށީ ކުތުބުހާނާއަށް ފޮތް ހަދިޔާކޮށްފި

May 14, 2025

ކުޅުދުއްފުށީ އާންމު ކުތުބުހާނާއަށް ޖަޕާނުން ފޮތްތަކެއް ހަދިޔާކޮށްފި އެވެ. އާންމު ކުތުބުހާނާއަށް ފޮތް ހަދިޔާކުރައްވާފައިވަނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ މި ހަފުތާތެރޭގައި ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮތް ހަދިޔާކުރުމަށް ކުތުބުހާނާގައި ބޭއްވި ހަފުލާގައި ފޮތާއި ހަވާލުވެލެއްވީ މޭޔަރު މުހައްމަދު އާތިފެވެ. ޖަޕާނުން 178 ފޮތް ވަނީ ހަދިޔާކޮށްފަ އެވެ.

ޖަޕާނު އެމްބަސީން ފޮތްތައް ހަދިޔާކުރީ "ރީޑް ޖަޕާން" ޕްރޮޖެކްޓްގެ ދަށުން އެ ޕްރޮޖެކްޓަކީ 2008 ގައި ނިޕޯން ފައުންޑޭޝަނުން ފަށާފައިވާ މަޝްރޫއުކެވެ. އެ މަޝްރޫއުގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކިޔުންތެރިންނަށް މިހާރުގެ ޖަޕާނުގެ ސައްޙަ މަންޒަރެއް ފޯރުކޮށްދިނުމެވެ.

ހަދިޔާކުރާ ފޮތްތައް ހޮވަނީ ބައިނަލްއަގުވާމީ މާހިރުންގެ ޕެނަލަކުން ކަމަށް ޖަޕާން އެމްބަސީން ބުނެ އެވެ.

ޖަޕާނުން ހަދިޔާކުރި ފޮތްތަކުގެ ތެރޭގައިމައިގަނޑު ފަސް ދާއިރާއެއްގެ ފޮތްތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސަތާއި ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ފޮތްތަކާއި އިގުތިޞާދާއި ވިޔަފާރިއާ ގުޅޭ ފޮތްތަކާއި މުޖުތަމަޢު އާއި ސަގާފަތާ ގުޅޭ ފޮތްތަކާއި އަދަބިއްޔާތުގެ ފޮތްތަކުގެ އިތުރުން ފަންނުވެރިކަމާއި ތާރީހާ ގުޅޭ ފޮތްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355