twitterviber whatsapp telegramfacebookyoutube instagram
16th July 2026

ޖަޕާން ސަރުކާރުން އެއް މިލިއަން ޑޮލަރުގެ ސްކޮލަޝިޕް ރާއްޖެއަށް ދީފި

ނަބީލާ އިސްމާޢީލް
Jul 16, 2026

ޖަޕާން ސަރުކާރުން ރާއްޖޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)ގެ ދަށުން މި އަހަރު އެއް މިލިއަން ޑޮލަރުގެ ސްކޮލަޝިޕް ރާއްޖެއަށް ދީފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުން ވަނީ އެކަމާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ދިވެހި ސަރުކާރާއެކު ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ ފޯ ފޮރިން އެފެއާޒް، ޝެރީނާ އަބްދުއް ސަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

އެ އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިއަން ޖަޕާނީސް ޔެން ނުވަތަ އެއް މިލިއަން ޑޮލަރު ދިނުމަށްވަނީ ނިންމަވާފައެވެ.

2020 ވަނަ އަހަރުން ފެށިގެން ދެމުންގެންދާ އެ އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިގެންދެއެވެ. އެ ސްކޮލަޝިޕް ޕްރޮގްރާމުގެ މަގުސަދަކީ މުސްތަގުބަލުގައި އިޖުތިިމާއީ އަދި އިގުތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިއްމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.

މި ޕްރޮގްރާމްގެ ދަށުން 17 ދަރިވަރުން ދަސްވެނިވެފައިވާއިރު، މިހާރު ޖަޕާނުގައި 9 ދަރިވަރުން ތައުލީމު ހާސިލްކުރަމުން ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355