ޖަޕާނުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމާ ގުޅޭ މަޝްވަރާތަކެއްކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު މަހުލޫފާއި، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (ޖާޓާ)ގެ ރައީސް ކުނިހާރު އެބީނާއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
Had a productive discussion with Mr. Kuniharu Ebina, President of the Japan Association of Travel Agents (JATA), on strengthening tourism ties between the Maldives and Japan.
— Ahmed Mahloof (@AhmedMahloof) July 4, 2026
We discussed JATA’s support in increasing Japanese tourist arrivals to the Maldives, strengthening the… pic.twitter.com/cCyHnpf0kJ
އެގޮތުން ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ޓޫރިޒަމް ދާއިރާ އިން ގެ އިތުރަށް ހަރުދަނާ ކުރުމަށް ވެސް މަޝްވަރާކޮށްފައިވާ ކަމާށް މަޙްލޫފް ވިދާޅުވި އެވެ.
މަހުލޫފު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ޖަޕާނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށާއި ޖަޕާނު މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުން އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ޖަޕާނުގެ ޓްރެވެލް އޭޖެންޓުންނާއި ރާއްޖޭގެ ޓްރެވެލް އޭޖެންޓުންނާއި އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ޓޫރިޒަމް ދައިރާއިން އިތުރަށް ގުޅުން ބަދަހިވާނެކަމުގެ އުންމީދު ވެސް ބޮޑެވެ.
ޖަޕާންގައި ހުންނަ ރާއްޖޭގެ އެމްބަސީން މިހާރު އަންނަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ގޮތުން ޖަޕާންގެ ވިޔަފާވެރިންނަށް ހާއްސަކޮށްގެން މި މަހުގެ 23 ގައި ވެބިނާއެއް ވެސް ބާއްވަން ތައްޔާރުވަމުންނެވެ.




