twitterviber whatsapp telegramfacebookyoutube instagram
10th June 2026

ޖަޕާނުން ހަދިޔާކުރި ފެންހިންދާ ޕަމްޕުތައް ރަށްރަށަށް ފޮނުވަން ފަށައިފި

ނަބީލާ އިސްމާޢީލް
Jun 10, 2026

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ތެރެއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ފެންހިންދާ ޕަމްޕުތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފި އެވެ.

އެންޑީއެމްއޭއިން ބުނީ ޕަންޕުތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބުނު 40 ޕަމްޕް 20 ރަށަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮންމެ ރަށަކަށް ފޮނުވާނީ ދެ ޕަމްޕާއި އެކްސެސޮރީޒް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މީގެ ތެރެއިން މިހާރު ޕަމްޕް ހަވާލުކޮށްފައި ވަނީ 5 ރަށަކަށެވެ. އެއީ ރ. އިނގުރައިދު އާއި ކ. ކާށިދު އާއި މ. މުލަކާއި އއ. ފެރިދޫގެ އިތުރުން ތ. ކަނޑޫދު އެވެ.

އެގޮތުން މި މަޝްރޫއުގެ ދެވަނަ ބުރުގައި ޕަންޕު ފޯރުކޮ ށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ .އުލިގަން، ހދ. ނެއްލައިދޫ، ނ. މާފަރު، ރ. ފައިނު، ބ. ކުޑަރިކިލު، ޅ. ނައިފަރު، ކ. ގާފަރު، ތ. ބުރުނީ، ދ. ހުޅުދެލި، ފ. މަގޫދޫ، ފ. ބިލެތްދޫ، ގދ.ހޯ ޑެއްދޫ އަދި ގދ. ކަނޑުހުޅުދު އެވެ.

އެންޑީއެމްއޭ އިން ބުނީ ޕަމްޕްތައް ހަދިޔާކުރާނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައި ވަނީ، މީގެ ކުރިން އެތަނުން ޕަމްޕު ފޯރުކޮށްދީފައި ނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށް ބަލައިގެން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355