ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށު ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ޚަދީޖާ އާދަމް - 2 years ago - 8 ޖޫން 2016



ށ. ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ށ.ފީވަކަކީ ކުށްމަދު އަމާން ވެއްޓެއް  ގާއިމްވެފައިވާ ރަށަކަށް ހެދުމަށް ފުލުހުން ކުރަމުން ގެންދާ ސިލްސިލާ މަސައްކަތުގެ ތެރެއިން ޖޫން 05 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ށ.ފީވަކުގައި ވިޔަފާރި ކުރާ ފިހާރަތަކަށް ޒިޔާރަތް ކޮށް ވިޔަފާރިވެރިންގެ މުދަލާއި ވިޔަފާރި ކުރާ ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ މަޢުލޫމާތު ވަނީ ދީފައެވެ.

އެގޮތުން  ސީ.ސީ.ޓީ.ވީ ކެމެރާ އެއް ބެހެއްޓުމުގެ މުހިއްމު ކަމާއި، ފިހާރަތައް ބަންދު ގަޑީގައި ފިހާރައިގައި އަލިކަމެއް ބެހެއްޓުމުގެ މުހިންމު ކަން ވަނީ ކިޔައިދީފައެވެ. އަދި މިއީ ސުކޫލްތަކުގެ ކިޔެވުން ބަންދު ދުވަސްވަރަށް ވުމުން ސުކޫލް ކުދިން ފިހާރައަށް އައިސް ގަންނަ ތަކެއްޗާއި ބެހޭ ގޮތުން ސަމާލުވުމަށް އެދިފައި ވެއެވެ.


ގުޅުން ހުރި ލިޔުންތައް