ބޭނުންވާ ތަކެތި
ޓްރިސްކިޓް ބިސްކޯދު
½ ޖޯޑު ބަޓާރ
1 ޖޯޑު ބްރައުން ޝުގާރ
1 ޖޯޑު ޕީނަޓް ބިޓާރ
1 ބިސް
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
1 ޖޯޑު ފުށް
1 ޖޯޑު އޯޓްސް
1 މޭޒުމަތީ ސަމުސާ ބޭކިން ސޮޑާ
¼ މޭޒުމަތީ ސަމުސާ ލޮނު
1 ½ ޖޯޑު ރާސްބެރީ ޖޭމް
ހަދާނެ ގޮތް
ފުރަތަމަ ބަޓާރ ބުރައުން ޝުގާރ އަދި ޕީނަޓް ބަޓާރ ތައްޓަކަށް އަޅާ ރަނގަޅަށް މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސް ކޮށްލުމަށް ފަހު އޭގެ ތެރެއަށް ބިސް އެސެންސް ކޮޅު އެއްކޮށްލާފައި އޭގެ ތެރެއަށް ފުށް އަދި އޯޓްސްކޮޅު އަޅާލާފައި އެއްކޮށްލާ ށެވެ. ދެން ބިސްކޯދު ކޮޅު ޓުރޭ އެއްގައި އަތުރާލާ ށެވެ. އަތުރާލާފައި މިކްސް ކުރި ފުށްގަނޑު ބިސްކޯދުތަށް މަތީ ރަނގަޅަށް ހާކާލާށެވެ. ހާކާލާފައި ފިނި ކުރަން 30 މިނަޓްސް ބަހައްޓާލާ ށެވެ. ފިނިވުމުން ޓްރޭ ނަގައި އޭގެ ތެރެއަށް ޖޭމް އަޅާ ރަނގަޅަށް ހާކާލާ ށެވެ. ދެން ބާކީ ހުރި ފުށްގަނޑުން އެތިކޮޅު ކޮޅު ނައްޓާ ޖޭމުތަށް މައްޗަށް ބުރުވާލާ ށެވެ. އެންމެ ފަހުން އަވަނަށްލައި 20 މިނަޓްސް ވަންދެން ފިހެލާށެވެ.
ޓްރިސްކިޓް ބިސްކޯދުގެ ބަދަލުގައި އެބޭފުޅަކު ބޭނުން ވައްތަރެއްގެ ބިސްކޯދެއް ބޭނުން ކުރެވިދާނެ އެެވެ.