ބޭނުންވާނެ ތަކެތި
1 އަލަނާސި
70 ގ ހަކުރު
200 ގ ބަޓާރ
2 ބިސް
180 ގ ފުށް
ބޭކިން ޕައުޑާރ
50 މލ ކިރު
ޝުގާރ ފުރީ ޔޯގަޓް
ވެނީލާ އެސެންސް
ހަދާނެ ގޮތް
ފުރަތަމަ ކުޑަ ބަޓަރުކޮޅަކާއި އެކީ ހަކުރު ކޮޅު މުށި ކުލަ އަރަންދެން ކައްކާލާށެވެ. ހަކުރުކޮޅު މުށިކުލަ އެރުމުން ޓުރޭގައި ހަކުރުކޮޅު ހާކާލާށެވެ އެޔަށް ފަހު އަލަނާސި ފޮތިތައް އޭގެ މަތީގައި އަތުރާލާށެވެ. ދެން ބަޓަރު ކޮޅާއި ބާކީ ހުރި ހަކުރު ކޮޅާއި 2 ބިސް ރަނގަޅަށް މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސް ވުމުން އޭގެ ތެރެއަށް ފުށާއި ބޭކިން ޕައުޑާރާއި އެސެންސް، ޔޯގަޓް އަދި ކިރު ފޮދު އަޅާ އެއްކޮށްލާށެވެ. ދެން ކުރިން އަތުރާލި އަލަނާސި ފޮތިތައް މައްޗަށް ފުށްގަނޑު އަޅާލާށެވެ. އެޔަށް ފަހު އަވަނަށްލާ 20-30 މިނަޓްސް ވަންދެން ފިހެލާށެވެ.