twitterviber whatsapp telegramfacebookyoutube instagram
10th November 2026

އޮރެންޖް ޗޮކުލެޓް ކޭކު

Jun 19, 2016

ބޭނުންވާ ތަކެތި

4/1 ޖޯޑު ބަޓަރ

½ ޖޯޑު ހަކުރު

½ ކިރު

ގާނާފައި ހުރި އޮރަންޖު ތޮށި

2 މޭޒުމަތީ ސަމުސާ އޮރަންޖު ޖޫސް

1 ބިސް

½ ސައިސަމުސާ ވެނީލާ އެސެންސް

½ ފުށް

¼ ޖޯޑު ކޮކޯ ޕައުޑަރ

½ ސައިސަމުސާ ބޭކިން ސޮޑާ

ހަދާނެ ގޮތް

ފުރަތަމަ ބަޓާރ، ހަކުރު، ކިރު، ގާނާފައި ހުރި އޮރެންޖުކޮޅާއި އޮރެންޖު ޖޫސް ތަވާއަކަށް އަޅާ އުނދުން މައްޗަށް އުދާށެވެ. ދެން މަޑު ގިނީގައި ހަކުރުކޮޅު ވިރެންދެން ހޫނުކޮށްލާށެވެ. ބިހާއި އެސެންސް އެއްކޮށްފައި އޭގެ ތެރެއަށް ކުރިން ހޫނު ކުރި އެއްޗެހި އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ފުށް، ކޮކޯ ޕައުޑަރ، ބޭކިން ސޮޑާ، ބޭކިން ޕައުޑަރ އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއްވުމުން ޓްރޭއަށް އަޅަާފައި އަވަނަށްލާ 30- 35 މިނިޓްސް ވަންދެން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293