twitterviber whatsapp telegramfacebookyoutube instagram
9th September 2025

މެންގޯ ފުލޯޓް

Jun 25, 2016

ބޭނުންވާނެ ތަކެތި

1 ޕެކެޓް ގުރަހަމް ބިސްކޯދު

2 އަނބު (ފޮތި ކޮށްފައި)

1 ދަޅު ގެރިކިރު

2 ޖޯޑު ކުރީމް

1 ޖޯޑު ކިރު

ހަދާނެގޮތް

ފުރަތަމަ ގެރިކިރު އަދި ކުރީމް އެއްކޮށްލާށެވެ. ދެން ބިސްކޯދު ކިރު ތަށީގެ ތެރެއަށްލާ ފޯކޮށްފައި ޓުރޭގައި އަތުރާށެވެ. ދެނ ކުރިން އެއްކުރި ގެރިކިރު އަދި ކުރީމް ބިސްކޯދު މަތީގައި ހާކާލާށެވެ. ދެން ފަހަރަކު އަނބު ފޮއްޗެއް ކުރީމް މަތީގައި އަތުރާލާށެވެ. މި ގޮތަށް ދެ ފަހަރު ތަކުރާރުކޮށް ހަދާލާށެވެ. ހަދާ ނިމުމުން ފިނިކުރަން އަލަމާރިއަށް ލާށެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355