އެންމެ އަލިގަދަ ތަރީގެ 1 ވަނަ އަދި 2 ވަނަ ބޮޑު ތިލަދުންމައްޗަށް

އަބްދުލް ވާހިދު ޙަސަން - 2 އަހަރު ކުރިން - 6 ޖުލައި 2016


އެއްވަނަ ހޯދި އާދަމް ނަސީމް އާއި 2 ވަނަ ހޯދި އިބުރާހިމް އިމާޒް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ރާއްޖެއަށް ހުޅުވާލައިގެން މިއަހަރު ބޭއްވި “އެންމެ އަލިގަދަ ތަރި”ގެ ގުރުއާން މުބާރާތުގެ އެއް ވަނަ އަދި 2 ވަނަ ބޮޑުތިލަދުންމަތީގެ ދެ ދަރިން ހޯދައިފި އެވެ.

އެންމެ އަލިގަދަ ތަރީގެ ފަހުރުވެރި އެއްވަނަ ހޯދީ ށ ފޯކައިދޫއަށް އުފަން އާދަމް ނަސީމެވެ. 2 ވަނަ ހޯދީ ހއ އުތީމް އިބްރާހިމް އިމާޒެވެ. 3 ވަނަ ލިބުނީ ސ. މަރަދޫ، އަބްދުﷲ ތޯލިބެވެ.

މިމުބާރާތުގެ އެއްވަނަ ދިޔަ ފަރާތްތައް ލިބުނު އިނާމުގެ އަގު 1.9 މިލިޔަން ރުފިޔާއަށްވުރެ ގިނަ އެވެ. 2 ވަނަ އަށް ދިޔަ ފަރާތްތައް އިނާމުގެ ޖުމްލަ އަގު 1.3 މިލިޔަން ރުފިޔާއަށް އަރާއިރު ތިންވަނަ އަށް ދިޔަ އަބްދުﷲ ތޯލިބަށް ލިބުނު އިނާމު އެއްމިލިޔަން ރުފިޔާއަށް އަރަ އެވެ.

މިމުބާރާތް ބާއްވާ 4 ވަނަ ފަހަރަށް ވާއިރު މިއީ ށ އަަތޮޅަށް ނިސްބަތްވާ ފަރާތްތަކަށް އެއްވަނަ ލިބުނު 3 ވަނަ ފަހަރެވެ. މިރޭގެ ރަސްމިއްޔާތުގައި އަލިގަދަ ތަރިއަށް އިނާމް ހަވާލުކޮށްދެއްވީ ނައިބު ރައީސް ޖިހާދެވެ

ޕީއެސްއެމްއިން މިރޭ ވަނީ އެންމެ އަލިގަދަ ތަރީގެ ޖޫނިއާ އަދި ރައީސުލްޖުމްހޫރިއްޔާގެ ދައުވަތައް ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ.


ގުޅުން ހުރި ލިޔުންތައް  1. ayya 2 އަހަރު ކުރިން
    congra
  2. ޔާމްބެ 2 އަހަރު ކުރިން
    އާދަމް ނަސީމް ތިޔަ ހޯދި ފަޚުރުވެރި ރީތި ނަމަށްޓަކާ ބޮޑުތިލަދުންމަތީގެ ރައްޔިތެއްގެ ޙައިސިއްޔަތުން ފައްފަށުން ޝުކުރުދަންނަވަން. އަދި އާދަމް ނަސީމް އަށް އުފާވެރި ފޮނި މާދަމާއަކައް އެދި ދުޢާކުރަން. އާމީން