އުފަން ރަށުން އެންމެ އަލިގަދަ ތަރިއަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް

އަބްދުލް ވާހިދު ޙަސަން - 2 އަހަރު ކުރިން - 9 ޖުލައި 2016


މިއަހަރުގެ އެންމެ އަލިގަދަ ތަރި މެދުގައި--ފޮޓޯ: ސައްލެ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ރާއްޖެއަށް ހުޅުވާލައިގެން މިއަހަރު ބޭއްވި “އެންމެ އަލިގަދަ ތަރި”ގެ ގުރުއާން މުބާރާތުން ފަހުރުވެރި އެއްވަނަ ހޯދި ށ. ފޯކައިދޫ އާދަމް ނަސީމް، އުފަން ރަށަށް އައުމުން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ނަސީމު އުފަން ރަށަށް އައުމުން ހޫނު މަރުހަބާއެއް ކިޔަނީ--ފޮޓޯ: ސައްލެ
ނަސީމު އުފަން ރަށަށް އައުމުން ހޫނު މަރުހަބާއެއް ކިޔަނީ–ފޮޓޯ: ސައްލެ

ނަސީމް އިއްޔެ ހަވީރު ފޯކައިދޫއަށް އައިއިރު ރަށުގެ ކުދިބޮޑު އެންމެ ތިބީ އޭނައަށް މަރުހަބާ ކިޔުމަށް ޤައުމީ ދިދައާއެކު ބަނދަރުމައްޗަށް ޖަމާވެފަ އެވެ. އަދި މީގެ ކުރިން އެންމެ އަލިގަދަ ތަރީގެ 2 މުބާރާތަކުން އެއްވަނަ ހޯދި ށ. ފޭދޫ، ވަވެތި، އަލްހާފިޒް އަބްދުއްރަޝީދާއި އިބްރާހިމް އަލީ ވެސް ވަނީ ނަސީމަށް މަރުހަބާ ކިޔަން ފޯކައިދޫއަށް ގޮސްފަ އެވެ.

b54b4594-5f52-41f0-a672-51af9892d472

އެންމެ އަލިގަދަ ތަރީގެ ޝަރަފްގައި ރޭގަ ވަނީ ފޯކައިދޫގައި ޖާފަތެއްވެސް ބާއްވާފައެވެ. މިޖަފާތުގެ ތެރެއިން އެންމެ ށ އަތޮޅަށް ނިސްބަތްވާ އެންމެ އަލިގަދަ ތަރީގެ މުބާރާތުގެ 3 ތަރީންނަށް ވަނީ އަގުވަޒަން ކުރުމުގެ ގޮތުން ފިލައެއް ހަވާލުކޮށްފަ އެވެ.

73692deb-04a0-4e8a-bbae-015a01ac3f97


ގުޅުން ހުރި ލިޔުންތައް  1. ސުޒީ 2 އަހަރު ކުރިން
    ކަނޑުކޮހުންއުޅޭ ގޮތެއްދޯ