twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހިނގުމަށްޓަކައި ކުރަންޖެހޭ އޮޕަރޭޝަނެއް ފައިސާގެ ނެތިގެން ނުކުރެވިފައި

Jul 13, 2016

އަހުމަދު އާއިލް އަކީ އުފަން ވިއިރު ދެފައިގެ ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން ހިނގުމުން މަހްރޫމްވެފައިވާ ކުއްޖެ އެވެ. އޭނާގެ ދެފަޔާއެކު ފައިތިލަ ވަނީ އެތެރެއަށް ބަޅުވެފައެވެ.

2 އަހަރުގެ އާހިލް މިހާރުވެސް ވަނީ އެކަންތައް ރަނގަޅުކުރުމަށް ދެ އޮޕަރޭޝަނެއް ވެސް އިންޑިޔާއިންކޮށްފަ އެވެ. ފަހުން ކުރި އޮޕަރޭޝަނާ އެކު ފައިގައި ވަނީ ޕުލާސްޓަރު އަޅާފަ އެވެ. ޕްލާސްޓަރު ނެގުމަށް އިންޑިޔާއަށްދާން ޖެހޭ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ.

” ދެ ފައި ރަނގަޅުކުރުމަށް އަޅާފަ އެވާ ޕްލާސްޓަރު ނަގަން އިންޑިޔާއަށްދާ ޖެހޭ މުއްދަތުވެސް މިހާރު މިއޮތީ ހަމަވެފައި. ފައިސާ ނެތިގެން ނުދެވިފަ މިތިބީ ” ދޮޅު އަހަރުން ފެށިގެން އާހިލް ބެލެނިވެރިކަމުގައި ހުރި އޭނާ މާމަ ބުންޏެވެ.

އާހިލް . އޭނާއަށް ހިންގެން އަންނަނީ ފައިތިލަ ރަނގަޅުކޮށްގެން–

 

އާހިލްގެ މާމާ ކުޅުދުއްފުށީ، މަލުތެރޭގެ ނަޖުމާ ބުނީ ބޮޑު އޮޕަރޭޝަނެއް ކޮށްފައި ހުރުމުން ޕްލާސްޓަރު ގަނޑު ނެގުމަށް ދާން ޖެހެނީ އިންޑިޔާއަށް ކަމަށާއި ޕްލާސްޓަރު ނެގުމަށް ފަހު ޑޮކްޓަރުން ބަލާފައި އިތުރު އޮޕަރޭޝަނެއް ވެސް ކުރަން ޖެހިދާނެ ކަމަށެވެ.

” ކުރިން އޮޕަރޭޝަން ކޮށްފައި ޑޮކްޓަރުން ބުނެފައިވަނީ މިކޮޅަށް އަންނާށޭ. ބަލާފައި އިތުރަށް އޮޕަރޭޝަނެއް ކުރަން ޖެހެންޏާ ވެސް އޭރުންނޭ އެނގޭނީ ” ނަޖުމާ ބުންޏެވެ.

އާހިލްގެ ފައިތިލަ ރަނގަޅުކުރުމަށް ކުރި ފުރަތަމަ އޮޕަރޭޝަން–

 

ނަޖުމާ ބުނީ ފައިސާގެ އެހީތެރިކަމަށް މިވަގުތު ވަރަށް ބޭނުންވާ ކަމަށެވެ. އަދި ފައިސާ ލިބުނުހާ އަވަހަކަށް އިންޑިއާއަށް ފުރާނެ ކަމަށް އޭނާ ބުންޏެވެ.

ތުއްތު އާހިލްއަށް އޮޕަރޭޝަނަށް އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކުން އޭނާ މާމާގެ އެކައުންޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އާއިލާއިން އެދެއެވެ. ނަޖުމާގެ ފޯނު ނަމްބަރަކީ 9115662 އެވެ.

Account Name:Najuma Ahmed/ Account Number:7730000043842

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355