twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ ސަޕޯޓަރުންނަށް އެފްއޭއެމް ރައީސް ހާއްސަ ދައުވަތެއް ދެއްވައިފި

Aug 19, 2016

ރާއްޖޭގެ ޤައުމީ ޓީމް މިމަހުގެ 29 ވަނަ ދުވަހު ގަލޮޅު ދަނޑު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ރާއްޖޭ ޓީމަށް ސަޕޯޓްކުރަން ދިއުމަށް އެދި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ހާއްސަ ދައުވަތެއް ކުޅުދުއްފުށީ ސަޕޯޓަރުންނަށް ދެއްވައިފި އެވެ.

މިހާއްސަ ދައުވަތު ދެއްވި ކަން ކަށަވަރުކޮށްދެއްވަމުން ޓޮމް ކޭއޯއަށް ވިދާޅުވީ މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށީ ސަޕޯޓަރުން ދެއްކި ސަޕޯޓް ފާހަގަކޮށް، ހަމަ އެ ފޯރި މާލޭގައި 29 ގައި އޮންނަ މެޗަށް އައުމަށް ކުޅުދުއްފުށީ ސަޕޯޓަރުންނަށް ދައުވަތު ދީފައިވާނެ ކަމަށެވެ.

” ކުޅުދުއްފުށިން ފުޓްބޯޅައަށް އެދިން ސަޕޯޓް ހަމަ އެފޯރީގައި 29 ގައި މާލޭގައި އޮންނަ މެޗަށް އައުމަށް އަޅުގަނޑު ދައުވަތުދިނިން” އެފްއޭއެމްގެ ރައީސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ނޫހަކަށް ޓޮމް ދެއްވި ފުރަތަމަ އިންޓަވިއު ކޭއޯއަށް ދެއްވަމުން އިތުރަށް ވިދާޅުވީ ފުޓްބޯޅައަށް ކުޅުދުއްފުށީ އެންމެ ގުޅިގެން އެކުރި ސަޕޯޓް ފެނިގެން އެ ރޫހް އާލާކުރުމުގެ ގޮތުން ގައުމީ ޓީމްގެ މި ހާއްސަ މެޗަށް ކުޅުދުއްފުށީގެ އެ ސަޕޯޓް ދައްކައިދިނުމަށް ދައުވަތު އެރުވި ކަމަށެވެ.

މިނިވަން 50 ގެ އަތޮޅު މުބާރާތްގައި ކުޅުދުއްފުށީ ޓީމަށް ކުޅުދުއްފުށިގެ ސަޕޯޓަރުންވަނީ މީގެ ކުރިން ރާއްޖޭގެ ދަނޑެއްގައި ސަޕޯޓް ނުދޭހާ މިންވަރަން ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދީފަ އެވެ. އަދި އެކަމުގެ ފޮޓޯތަކާ ވީޑީއޯތައް ޝޯސަލް މީޑީއާގައި އާއި ނޫސްތަކަށް އަރައި ރާއްޖޭގެ ގިނަ ބައެއްގެ ހިތް އަތުލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355