އަންނަ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރެއްވުމަށް ގާތް މީހުންގެ ހިޔާލް ހޯދުމަށް މުހައްމަދު އަބުދުއްރަހްމާން (ޕަޗީ) ނިކުމެއްޖެ އެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާކަން ގަސްތުކުރައްވައި އެންމެ ފުރަތަމަ އެކަން ހާމަކޮށްފައިވަނީ ފޭސްބުކް މެދުވެރިކޮށެވެ.
ޕަޗީ ވަނީ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ގޮނޑިއަށް ވާދަކުރައްވަން ގަސްތުކުރައްވާކަމަށް ކޭއޯއަށް ކަށަވަރުކޮށްދީފަ އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލުމަށް ގާތް މީހުންގެ ހިޔާލް ހޯދަން ފަށާފައިވާ ކަމަށެވެ. އެގޮތުން އާއިލާގެ މެމްބަރުންނާއި ރައްޓެހިންގެ ހިޔާލް މިކަމުގައި ބޭނުންވާ ކަމަށާއި އެމީހުން ދެކޭ ގޮތް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޕަޗީ ވަޒީފާއަދާކުރަމުން ގެންދަވަނީ ކުޅުދުއްފުށީ ޕަބުލިކް ހެލްތް ޔުނިޓްގަ އެވެ.