twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރެސިޕީ: ކަސްޓަޑް ޓާރޓް

Sep 8, 2016

 

 

-ނަސްވާ ހަސަން-

ކަސްޓަޑް ޓާރޓް ތައްޔާރު ކުރާ ގޮތް

ޓާރޓް ތަށި ތައްޔާރު ކުރަން ބޭނުންވާ ތަކެތި:

2/1 1 ޖޯޑު ފުށް

3/1 ގޯޑު އައިސިން ޝުގާ

125ގ ބަޓަރ

2/1 ސަމުސާ ވެނީލާ އެސެންސް

1 ބިހުގެ ގޮބޮޅި

 

ފިލިންނަށް ބެނުންވާ ތަކެތި:

3 ބިސް

2 ސަމުސާ ވެނީލާ އެސެންސް

4/3 2 ޖޯޑު ހޫނު ކުރި ކިރު

3/1 ޖޯޑު ކަސްޓަޑް

މުގުރި ފޮނި ތޮށި

 

ތައްޔާރު ކުރާ ގޮތް:

ފުށާއި އައިސިން ޝުގާ އަދި ބަޓަރ އެކޮށް ލާށެވެ. އަދި ބިހުގެ ގޮބޮޅި އާއި ވެނީލާ އެސެންސް އަޅައި ރީތިކޮށް އެއްވާންދެން މޮޑެލާށެވެ. ފުއް ގަނޑު ބޭކިން ޕެޕާ ތެރެއަށް ލައިފަ ބަންދު ކުރުމަށް ފަހު 30 މިނެޓް ވަންދެން ފިނި ކޮށްލާށެވެ.

ފިނި ވުމުން ރޮށި ދަމާ ގޮތަށް ދަމާލާފައި، 3.5ސމ އުސްމިން އަދި 7.5ސމ ވަށް ތައްޓެއް ގައި ފަތުރާލާފަ މަޑު މަޑުން ތަށީގެ އެތެރެއަށް ލާށެވެ. ތަށީގަ ފުއްގަނޑު ހަރުކޮށް ލުމަށް ތަށި މަތީގަ ފޮއިލް ފަތުރާލުމަށް ފަހު ރޯ ހަނޑޫ އަޅާފަ ފަތުރާާ ލާށެވެ. 180/200 ޑިގްރިީ ސެލްސިއަސް އަށް އަވަން ހޫނު ކުރުމަށް ފަހު ޓުރޭ އަވަން ތެރެއަށް ލާށެވެ. 10 މިނެޓް ބަހައްޓާ ލުމަށް ފަހު އަވަން އިން ނަގާފަ ހަނޑޫ ކޮޅު ނެގުމަށް ފަހު، 5 މިނެޓް މަޑު ޗޮކްލެޓް ކުލަ އަރަންދެން ފިހެލާށެވެ.

ފިލިން ހަދާލުމަށް ބިސް، ވެނީލާ އެސެންސް، ކަސްޓަޑް  އަދި ކިރު ކޮޅު އެއްކޮށް ލާށެވެ. ޕޭސްޓުރީ ތެރެއަށް އަޅާލާފަ ފޮނި ތޮށި ކޮޅެއް މައްޗަށް އަޅާލުމަށް ފަހު 140/160 ޑިގްރިީ ސެލްސިއަސް އަށް އަވަން ހޫނު ކުރުމަށް ފަހު ޓުރޭ އަވަން ތެރެއަށް 35 މިނެޓް ވަންދެން ފިހެލާށެވެ. ހިހޫ ވުމުން ކަސްޓަޑް ޓާރޓް ތައްޔާރު މިއޮތީ ތައްޔާރުވެފަ އެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355