twitterviber whatsapp telegramfacebookyoutube instagram
25th April 2024

11 ގަޑިއިރަށް ފަހު އުލިގަމަށް ކަރަންޓް ލިބިއްޖެ

Sep 27, 2016

 

ހއ އުލިގަމުން އިއްޔެ ކަރަންޓްގެ ހިދުމަތް މެދުކެނޑި ގިނަ ދަތިތަކެއް ރައްޔިތުންނަށް ފޯރައިފި އެވެ. ކަރަންޓް ކެނޑުނީ އިއްޔެ ހެނދުނު 10 ޖަހާއެހާއިރު އެެވެ. ކަރަންޓް އަލުން ދޫކުރަން ފަށާފައިވަނީ ރޭނގަޑު 11 ޖަހަނިކޮށެވެ.

އުލިގަމު ކައުންސިލުގެ ރައީސް އިމާދު އަބުދުﷲ ކޭއޯ އަށް ވިދާޅުވީ ގިނަ އިރުތަކެއް ވަންދެން ކަރަންޓް މެދުކެނޑުމުގެ ސަބަބުން ވިޔަފާރިތަކަށާއި ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން ކަރަންޓް ދިޔަ ވަގުތަކީ ސިއްހީ މަރުކަޒުގައި ހާލު ދެރަ ބަލި މީހަކަށް ފަރުވާދެމުން ދިޔަ ވަގުތެއް ކަމުން އެކަމަށް ވެސް ދަތިތަކެއް ކުރިމަތިވިކަމަށެވެ.

އޭނާ ވިދާޅުވީ އެރަށުގައި ކަރަންޓްގެ ދިނުމަށްޓަކާ 160 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި 128 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަަމަށެވެ. އެތަނުން 160 ކިލޯވޯޓްގެ ޖަނަރޭޓަރު މައްސަލަ ޖެހި ގުރައުންޑް ކޮންޑިޝަންގައި ހުންނަތާ 3 ވަރަކަށް މަސް ވެދާނެ ކަމަށް އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ ރޯދަމަހުގެ ފަހުން ފެށިގެން ކަރަންޓް ދެމުން ގެންދިޔައީ 128 ކިލޯވޯޓްގެ ޖަނަރޭޓަރުން ކަމަށާއި ކަރަންޓް ކެނޑުނީ އެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކުން ކަމަށެވެ. މީގެ ކުރިންވެސް އެ ޖަނަރޭޓަރުގެ އަޑީތެޔޮ ބަދަލުކުރުމަށް ރަށުން ކަރަންޓް ކަނޑާލާކަމަށް އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ މިސަރަހައްދުގެ ފެނަކަ ބުރާންޗްތަކުން ސްޕެރ ގެނެސްގެން އެ ޖަނަރޭޓަރު އަލުން މަރާމާތުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިކަމަށް ބޭނުންވަނީ ދާއިމީ ހައްލެއް ކަމަށާއި މިއީ އަދި ވަގުތީ ހައްލެއްކަމަށެވެ.

މީގެ ކުރިންވެސް އުލިގަމުގެ ކަރަންޓް މައްސަލާގައި ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ ސަމާލުކަށް ގެނައި ކަމަށާއި އެހެންނަމަވެސް މިއަދާ ހަމައަށްވެސް މިކަމަށް ހައްލެއް ލިބިފައި ނުވާކަމަށް އިމާދު ފާހަގަކުރެއްވި އެވެ.

500 އެއްހާ މީހުން ދިރިއުޅޭ ކުޑަ އާބާދީއެއް ނަމަވެސް އުލިގަމަކީ ކަރަންޓް މަތީ އަދަދަކަށް ބޭނުންކުރާ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355