twitterviber whatsapp telegramfacebookyoutube instagram
13th April 2026

މޫދު ވިނަ ދަނީ މަދުވަމުން، ކަނޑުގެ ދިރުންތައް ނެތިގެންދާނެ ކަމުގެ ބިރު ބޮޑު

Oct 11, 2016

މޫދުވިނަ އަކީ ކަނޑުއުޅޭ ދިރުންތަކުގެ  ގެ އެވެ. ކާނާވެސް މެ އެވެ. 28 ގައުމެއްގެ 100 އަށްވުރެ ގިނަ ސައިންސުވެރިން ވަނީ މޫދުވިނަ މަދުވަމުންދާތީ އެކަމަށް ސަމާލުވުމަށް އަންގާފަ އެވެ.

ދިރާސާތަކުން އެނގިގެންދާ ގޮތުގައި މޫދުވިނަ މަދުވާން ދިމާވާ މައިގަނޑު ސަބަބަކީ އިންސާނުން ނެވެ. އެއީ މޫދަށް ކުނި އަދި ތެޔޮ ފަދަ ކެމިކަލް އެޅުމުގެ ސަބަބުން ނެވެ.

މޫދުވިނަ މަދުވުމުގެ ސަބަބުން މޫދުގައި ދިރިއުޅޭ މަސްތަކުގެ އިތުރުން ދޫނި އަދި މޫދުގައި ދިރިއުޅޭ އެކި ޖަނަވާރުންގެ ދިރިއުޅޭ ތަނާއި ކާނާ ނެތިގެން ދެއެވެ.  ވެލާ އަދި ސީހޯސް ފަދަ ކަނޑުގެ ދިރުންތައް ނެތިގެން ދާނެ ކަމުގެ ބިރު ހީވާކަމަށް ސައިންޓިސްޓުން ބުންޏެވެ.

އިންގުލޭންޑުގެ 11 ސައިޓް އެއްގައި ކުރި ސާވޭއަކުން އެނގިގެންދާ ގޮތުގައި މޫދުގައި ނައިޓްރޮޖެން ކިޔާ ކޮންޕައުންޑް ގިނަ ވުމުގެ ސަބަބުން މޫދުވިނަ މަރުވަމުންދާ ކަމަށް ބުންޏެވެ.

އަހަރެއްގެ ތެރޭގައި %2 ގެ މޫދުވިނަ ދަނީ ދުނިޔެއިން މަދުވަމުން ނެވެ.

މޫދުވިނަ އަކީ އެހެން ގޮތަކަށް ބުނާނަމަ ކަނޑުގެ މެ އެވެ. އެއީ ވިނައިގެ ސަބަބުން މޫދުގައި އޮކްސިޖަން އުފައްދާ ވިނަ ނެތިގެން ދިއުމުން މޫދުގެ ދިރުންތައްވެސް ނެތިގެންދާނެތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355