twitterviber whatsapp telegramfacebookyoutube instagram
16th February 2026

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންތަކެއް އަލަށް އުތީމް ގަނޑުވަރަށް ޒިޔާރަތްކޮށްފި

Oct 16, 2016

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން އުތީމް ގަނޑުވަރަށް ޒިޔާރަތްކޮށްފި އެވެ. މިއީ އުތީމް ގަނޑުވަރަށް ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންތަކެއް ޒިޔާރާތްކުރި ފުރަތަމަ ފަހަރެވެ.

މިއެކްސްޕްލޯ ޓްރިޕްގައި ހދ ސެން ކުލާހު ނުވަތަ ސަން ޝައިންގެ 20 ދަރިވަރުން ބައިވެރިވި އެވެ. މި ދަރިވަރުން ވަނީ އުތީމް ގަނޑުވަރަށް ޒިޔާރަތްކޮށް، އެތަން ބަލާލާފަ އެވެ.

ހދ އޭއީސީގެ ސަންޝައިން ދަރިވަރުން އުތީމަށް ކުރި ދަތުރުގެ ތެރެއިން–

 

މީގެ އިތުރުން އުތީމް ސްކޫލުގެ ފައުންޑޭޝަން ގުރޭޑްގެ ދަރިވަރުންނާ އެކު ތަފާތު ކުޅިވަރުތައްވެސް މިކުދިން ބައިވެރިވަނީވެފަ އެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ހިނގުމާހަވާލުވެރި ހުންނެވި އަބުދުއް ލަތީފް ވިދާޅުވީ އުތީމް ގަނޑުވަރަށް ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންތަކެއް ޒިޔާރަތްކުރި ފުރަތަމަ ފަހަރުކަމުން މިއީ ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ.

މިދަތުރުގައި ހދ ރެޑްކުރެންސެންޓްގެ ފަރާތުންވެސް ވަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355