twitterviber whatsapp telegramfacebookyoutube instagram
13th February 2026

މިއޮތީ އާފަލުން ތައްޔާރު ކޮށްލެވޭނެ މީރު ފޮނި ކާނާއެއް

Dec 24, 2016

ބޭނުންވާ ތަކެތި

1 ރަތް އާފަލު

1 ސަމުސާ ބަޓަރ (ދިޔާކޮށްފައި)

1 ސަމުސާ ހިމުން ފޮނިތޮށި، 1 ސަމުސާ ހަކުރު

1 ކިއުބް ބަޓަރ

3 ސަމުސާ ފުއް

1 ސަމުސާ ހަކުރު

ވެނީލާ އައިސްކުރީމް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ އާފަލު ތޮށި މަށާލުމަށް ފަހު ދެފަޅިކޮށްލާނީ އެވެ. އަދި އާފަލުގެ އޮތްތައް ކުޑަ ސަމުސަލަކުން ވަށްކޮށް ނެގުމަށްފަހު ވަޅިން އާފަލު ފަޅި ނުވާނެ ގޮތަށް ކުދި ޅިޔަ ތަކެއް އަޅާލާށެވެ. އެއަށްފަހު ދިޔާކޮށްފައި ހުރި ބަޓަރު ކޮޅު ތެރެއަށް ހިމުން ފޮނިތޮށި އަދި ހަކުރު ކޮޅު އަޅާ އެއްކޮށްލުމަށް ފަހު ދެ ފަޅި އާފަލު ޓުރޭ އެއް މަތީ ބާއްވާ އެއްކުރި ބަޓާރ ކޮޅު ފިއްސަކުން ނޫނީ ސަމުސަލަކުން ހާކާލާށެވެ. އަދި 200- 400 ޑިގޮރީގައި 20 ވަރަކަށް މިނެޓް ބޭކް ކޮށްލާށެެވެ. އަދި ބަޓަރ ކިއުބް ކުދި ކޮށް ކޮށާލައިފަ އޭގެ ތެރެއަށް ފުއް އަދި ހަކުރު އަޅާ އާފަލުތައް މައްޗައް އަޅާލާށެވެ. އިތުރު 15 މިނެޓް ބޭކް ކޮށްލުމަށްފަހު އައިސް ކުރީމް އާއި އެއްކޮށް ކާލަށް މިއީ އެއްވަނައިގެ އެއްޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355