twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިވެހިރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު ކުޅުދުއްފުއްޓަށް އަތުވެއްޖެ

Jan 14, 2011

އިބްރާހިމް ހަމީދު

ދިވެހިރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަޓީމު މިރޭގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް އަތުވެއްޖެއެވެ. ގައުމީޓީމް ކުޅުދުއްފުއްޓަށް އައުމާއެކު ސްކައި ޖަމްއިއްޔާގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ގައުމީ ޓީމްގެ ހެޑް ކޯޗް އަހްމަދު ނާޝިދު ވިދާޅުވީ މިއީ ޔޫއެންޑީޕީ އާއި ގުޅިގެން ގައުމީޓީމް އަތޮޅުތެރޭގެ ރަށްރަށަށް ކުރާ ޒިޔާރަތެއް ކަމަށާއި މިދަތުރުގައި ރައްޔިތުންނަށް ތަފާތު މައުލޫމާތު ދިނުމުގެ އިތުރުން ގައުމީޓީމާއި ރަށުގައި ކުޅިވަރު ކުޅޭ ފަރާތްތަކާ ގުޅުން ބަދަހި ކުރެވޭނެއެވެ. މިގޮތުން ސްކޫލް ތަކަށް ގޮސް މަޢުލޫމަތު ދިނުމުގެ އިތުރުން ރަށުން ހޮވާލެވޭ އަންހެންޓީމަކާއި އެކު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގެ މައިގަނޑު މަގުޞަދަކީ އެކުވެރިކަން ބަދަހިކޮށް ގައުމީ ޓީމް ރަށްރަށަށް ތައާރަފު ކުރުން ކަމުގައި ކޯޗު ހާމަކުރެއްވިއެވެ.

ކޯޗު އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގައުމީޓީމް އެންމެ ފުރަތަމަ މިކަހަލަ ދަތުރެއް ކުރީ އައްޑު އަތޮޅަށެވެ. އެއަށްފަހު ލ. އަތޮޅަށް ދަތުރު ކުރިކަމަށާއި ތިންވަނައަށް އައީ ކުޅުދުއްފުއްޓަށެވެ. ތިން ރަށަށް ކުރެވުނު ދަތުރުތަކަށް ބަލާއިރު ކުޅުދުއްފުއްޓަށް މިކުރި ވަރުގެ ދަތުރެއް އަދި ނުކުރެވޭކަމަށާއި ކުޅުދުއްފުށިން ގައުމީޓީމަށް ކީ މަރުހަބާ އާއި ދިން މެހެންމާދާރީއަށް ގައުމީޓީމްގެ ނަމުގައާއި އެފްއޭއެމްގެ ނަމުގައި ކުޅުދުއްފުށިން ކަންތައްތައް އިންތިޒާމް ކޮށްދެއްވި ސްކައި ޖަމްއިއްޔާއަށާއި ކުޅުދުއްފުށީގެ ރައްޔިތުންނަށް ޝުކުރު އަދާކުރިއެވެ.

މިދަތުރުގައި 13 ކުޅުންތެރެއިންނާއި ދެކޯޗުންނާއި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ މައުރޫފް އަހުމަދު (މާއްޓޭ) ބައިވެރިވެ ވަޑައިގަންނަވައެވެ. ގައުމީޓީމް ކުޅުދުއްފުށިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 15 ގައި ކަމަށް މަޢުލޫމާތުލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355