ހަނިމާދޫ ބެއާފުޓް އެކޯ ހޮޓަލުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.
ޖަރުމަނުގެ މި ފަތުރުވެރިޔާ މަރުވެފައިވަނީ އިއްޔެ މެންދުރު މޫދަށް އެރިއުޅުމުގެ ތެރޭގައި ގެނބިގެންކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ ހަނިމާދޫ ބޭއާފުޓްގައި ޗުއްޓީއަށް އައިސް ފަތުރުވެރިޔަކު އިއްޔެ މެންދުރު 1 ޖަހާއެހާއިރު މަރުވިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 85 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ އިޓަލީގެ ފަތުރުވެރިއެއް ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.