twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ދަރިވަރުންތަކެއް ޖިންނި މޮޔަވާތީ ހަނިމާދޫ ސްކޫލުގައި ހުރި ގަހެއް ނަގައިފި

Mar 6, 2017

ދަރިވަރުންތަކެއް ޖިންނި މޮޔަވާތީ ހދ ހަނިމާދޫ ސްކޫލުގައި ހުރި ގަހެއް މިއަދު ނަގައިފި އެވެ.

ޖިންނި މޮޔަވާތީ ނަގައިފައިވަނީ ކުދި ނިކަ ގަހެކެވެ. ގަސް ނަގާފައިވަނީ ކައުންސިލުންނެވެ.

ހަނިމާދޫ ވާހަކަ ދެއްކި މީހަކު ބުނީ ޖިންނި މޮޔަވަނީ އެސްކޫލުގެ ގުރޭޑް 8، 9 އަދި 10 ގެ ދަރިވަރުންތަކެއްކަމަށާއި މިދިޔަ އަހަރުން ފެށިގެން އެކަން އެގޮތަށް ހިނގާ ކަމަށެވެ. އެމައްސަލަ ދިމާވަނީ އެސްކޫލުގެ 6 ވަރަކަށް އަންހެން ދަރިވަރުންނަށް ކަމަށް އޭނާ ބުންޏެވެ.

” ސްކޫލަށް ދިޔާމަ އެހެން ވަނީ ، އެހެންވީމަ ބައެއް ކުދިން ގޮސް ގަހުގައި އޮޅުލާ، ހަދައި. އެކުދިން އެސެމްބުލީގައި ތިއްބެފައި ވެއްޓުމާ އެކަހަލަ ގިނަ ކަންތައްތަކެއް ހިނގާ ” އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ އެކަމުގެ ޝަކުވާ ބެލެނިވެރިންނާ ސްކޫލުގެ ބައެއް މުވައްޒަފުންގެ ފަރާތުން ކައުންސިލަށް ހުށަހަޅައިގެން ރާއްޖޭގެ މަޝްހޫރު ރުޤްޔާ ހަދާ މީހެއް ގެނެސް، ސްކޫލުގެ ބެލެނިވެރިންނަށާއި ގުރޭޑް ހަތަރަކުން މަތީގެ ދަރިވަރުންނަށް ޖިންނި ސައިތާނުންނާ ބެހޭ ގޮތުން މައުލޫމާތުދީ އެކަމަށް ހޭލުންތެރިކުމުގެ ޝެޝަންތަކެއްވެސް ކުރިއަށްގެންގޮސްފައިވާކަމަށް އޭނާ ބުންޏެވެ.

އެމައްސަލަ ބޮޑުވެ ގުރޭޑް ދިހައެއްގެ ދަރިވަރަކު މިއަހަރު ސްކޫލަށްވެސް ނުފޮނުވާ ކަމަށް އޭނާ ބުންޏެވެ.

އެކަމުގައި އުޅުނު އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ ޖިންނި މޮޔަވާތި އެކަމުގެ ޝަކުވާ ވަރަށް ގިނައިން ބެލެނިވެރިންނާއި އެސްކޫލުގެ ޓީޗަރުންގެ ފަރާތުން ލިބެމުންދާތީ، މިއަދު އެ ގަސް ނަގާފައިވާ ކަމަށެވެ.

2016 ވަނަ އަހަރު ދިރާސީ އާ އަހަރާއެކު ކިޔަވާދޭން ފެށި އެސްކޫލުގައި ގަސް އިންދާފައިވަނީ ވެސް ކައުންސިލާ ބައެއް މުވައްސަސާތައް ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355