twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފަސްޓް އެއިޑް ޓްރެއިނަރަކަށް ވާން ބޭނުންތައް ؟ މިއޮތީ ރަނގަޅު ފުރުސަތެއް

Mar 8, 2017

ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ފަސްޓް އެއިޑް ޓްރެއިންނަރުންގެ ތަމްރީންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ރެޑްކުރެސެންޓްގެ ހދ ގެ ގޮފިން ކުރިއަށްގެންދާ މި ޕްރޮގުރާމްގައި ކުރިއަށްދާނީ މިމަހު 19 އިން 23 އަށް ކުޅުދުއްފުށީގައި އެވެ.

ހދ ރެޑް ކުރެންސެންޓްގެ ކޯޑިނޭޓަރު އަހުމަދު އަބުދުﷲ ވިދާޅުވީ މި ތަމްރީން ޕްރޮގުރާމްގައި މައިގަނޑު ބޭނުމަކީ ފަސްޓް އެއިޑް ދިނުމަށް ބޭނުންވާ ވޮލަންޓިއަރުން ތަމްރީންކުރުމަށް ބޭނުންވާ ޓްރޭނަރުން ތަމްރީން ކުރުމާއި ކުޅުދުއްފުށި ސަރަހައްދުގައި ކުރިއަށްގެންދާ ފަސްޓް އެއިޑް ޕްރޮގުރާމްތައް ނަގައިދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ ފަސްޓް އެއިޑް ޓްރެއިނަރުން ކުޅުދުއްފުށިން ލިބެން ނުހުންނާތީ ދަތިތަކާއި ދިމާވާކަމަށާއި މި ޕްރޮގުރާމްގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

”ފަސްޓް އެއިޑް ޓްރެއިންގ ދެވޭވަރުގެ މީހުން މިކޮޅުގައި ތިބުން، ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ސްޓޭންޑެޑް ފަސްޓް އެއިޑް ޓްރެއިނިންގއެއް މި. އެހެންވީމާ ގުލޯބަލީ އެކްސެޕްޓްކުރާނެ މި ޓްރެއިނިންގ ހެދީމަ. ރިސޯޓްތަންތަނުގައި ޓްރެއިނިންގ ދެވޭ ފެންވަރު ވާނެ” އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މި ޓްރެއިނިންގ ގައި ބައިވެރިވެވޭނީ ރެޑް ކުރެސެންޓުގެ މެމްބަރުންނަށް ކަމަށާއި މެމްބަރޝިޕް ފޯމް ފުރާލުމަށްފަހު މި ޓްރެއިނިންގ ގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހުޅުވާލާފައިވާއިރު ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 7938817 އަށް އައިޑިކާޑް ނަމްބަރާއި ނަމާއި އެސްއެމްއެސް ކުރެއްވުން އެދެ އެވެ.

މިޓްރެއިނިންގ ގައި ކިޔަވާދެއްވާނީ ރެޑް ކުރެސެންޓްގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355