twitterviber whatsapp telegramfacebookyoutube instagram
19th April 2024

އާސެނަލް ތަފާތު ބޮޑުކޮށް ބަލިވިއިރު، ރިއަލް މެޑްރިޑުންވެސް ދެވަނަ ބުރުގެ ޖާގަ ޔަޤީން ކޮށްފި

Mar 8, 2017

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އާސެނަލް އިން އަމިއްލަ ދަނޑުގައި 5-1 އިން ބަލިވިއިރު ރިއަލް މެޑްރިޑުން ދެވަނަ ބުރުގެ ޖާގަ ޔަޤީން ކޮށްފި އެވެ.

ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި 5-1 އިން ބަޔާން އަތުން ބަލިވިއިރު ރަށުން ބޭރުގައި ކުޅުނު މެޗުން ވެސް ވަނީ 5-1 އިން ބަލިވެފަ އެވެ. މިއީ ޔޫރަޕިއަން ފުޓްބޯޅަ ތާރީޚްގައި އިނގިރޭސި ކްލަބެއް އެގްރިގޭޓް ސްކޯއިން އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު އާސެނަލްގެ ތިއޯ ވޮލްކޮޓް ވަނީ މެޗުގެ 20 ވަނަ މިނެޓްގައި ލަނޑުގައި ޖަހައި ލީޑު ހޯދާފަ އެވެ. ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނު ނަމަވެސް އާސެނަލް އަށް ކަންތައްތައް ގޯސްވީ މެޗުގެ 53 ވަނަ މިނެޓްގައި ކޮސިއެލްނީ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލެވަންޑޯވްސްކީ އަށް ކުރި ފައުލްއަކާ ގުޅިގެން ދެއްކި ރަތް ކާޑެކެވެ. މި ކާޑާއެކު ޕެނަލްޓީއެއް ބަޔާން އަށް ލިބުނުއިރު ލެވަންޑޯވްސްކީ ވަނީ މި ޕެނަލްޓީ އިން ލަނޑު ޖަހައި ލީޑު ނަގާފަ އެވެ.

ރޭގެ މެޗުގެ އިތުރު ލަނޑުތައް 68، 78، 80 އަދި 85 ވަނަ މިނެޓްގައި ޖެހިއިރު ވިޑާލް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ ރޮބެން އަދި ކޯސްޓާ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ރިއަލް އިން ވަނީ 3-1 އިން ނަޕޯލީ ބަލިކޮށްފަ އެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު 3-1 އިން ރިއަލް އިން ކާމިޔާބު ކޮށްފައި އޮތް ނަމަވެސް ރޭގެ މެޗުގައި ނަޕޯލީއިން ވަނީ ކުރީ މެޗެކޭ އެއްގޮތަށް ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 24 ވަނަ މިނެޓްގައި މާޓެންސް އެވެ.

ދެވަނަ ހާފު ފަށައިގެން ރިއަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 51 ވަނަ މިނެޓްގައި އެ ޓީމުގެ ތަރި އަދި ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މެޗުގެ 57 ވަނަ މާޓެންސް އަތުން ބައިކޮޅަށް ލަނޑެއް  ވަތް އިރު އަނެއް ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އަލްވާރޯ މޮރާޓޯ އެވެ.

މިރޭވެސް ޗެމްޕިއަންސް ލީގުގައި ދެ މެޗު ކުޅޭއިރު ފުރަތަމަ މެޗުގައި ކުޅޭނީ ބާސެލޯނާ އަދި ޕީއެސްޖީ އެވެ. އަނެއް މެޗުގައި ކުޅޭނީ ޑޯޓްމަންޓް އަދި ބެންފީކާ އެވެ. ދެ މެޗުވެސް ފެށޭނީ 0045 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355