twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވިލާ ކޮލެޖުން އުކުޅަހުގައި މަތީ ތައުލީމުގެ ކޯސްތަކެއް ފަށަނީ

May 10, 2017

ވިލާ ކޮލެޖުން އއ. އުކުޅަހުގައި މަތީ ތައުލީމުގެ ކޯސްތަކެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.

ކޯސްތައް ފެށުމައްޓަކައި އުކުޅަހު ކައުންސިލާއި ވިލާ ކޮލެޖާއި ދެމެދު އެއްބަސްވުމުގައި އިއްޔެ ސޮއި ކޮށްފައިވާއިރު

މިކަމާ ގުޅޭގޮތުން އއ. އުކުޅަހު ކައުންސިލްގެ އިދާރާއާއި ވިލާ ކޮލެޖާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން 9 މެއި 2017 ވީ އަންގާރަދުވަހުގެރޭ އުކުޅަހުގެ ސްކޫލްގައި ވަނީ ބާއްވާފައެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އުކުޅަހު ކައުންސިލްގެ ބޭފުޅުންނާ ސްކޫލްގެ ބައެއް ބޭފުޅުންނާ އެރަށުގެ ކަމުވޮށިގެންވާ ބޭފުޅުންނާއި ވިލާ ކޮލެޖްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ.

އުކުޅަހު ކައުންސިލްގެ އިދާރާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމްއެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. އަލީ ނަޖީބްއެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދެއްވިގޮތުގައި އެކޮލެޖްގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީން މިއަންނަ ސެޕްޓެމްބަރުމަހު އުކުޅަހުގައި ކޯސްތައްފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަނީފަށާފައެވެ. އަދި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އެކޮލެޖުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ކޯސްތަކާއިބެހޭ ގޮތުން މަލޫމާތުދިނުމަށްޓަކައި އއ.އުކުޅަހާއި ކައިރި އެހެންރަށްރަށަށް ވިލާ ކޮލެޖާއި އުކުޅަހު ކައުންސިލްގެ އިދާރާގެ ބޭފުޅުން ދަތުރުކުރަށްވާނެއެވެ.

ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގައި މިވަގުތު އެންމެފުޅާ ދާއިރާއެއްގައި މަތީތައުލީމުގެ ފުރުސަތު ފޯރުކޮށްދެމުންގެންދާ އަމިއްލަ ކޮލެޖެވެ. މިހާރުވެސް ވިލާ ކޮލެޖްގެ ޕްރޮގްރާމްތައް މާލޭގެ އިތުރުން ދިވެހިރާއްޖޭގެ 16 ސަރަހައްދެއްގައި ކާމިޔާބުކަމާއެކު ކުރިއަށް އެބަގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355