twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހދ އަތޮޅުގެ މެމްބަރުންގެ ތެރެއިން މި ދައުރުގެ ހުރިހާ ޖަލްސާތަކަށް ވަޑައިގަތީ އަނާރާ އަދި އަރީފް

May 16, 2017

ރައްޔިތުން މަޖިލީހުގައި ތިއްބަވާ ހދ އަތޮޅު ތަމްސީލް ކުރައްވާ މެމްބަރުންގެ ތެރެއިން މިއަހަރުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަށް ވަޑައިގަންނަތީ 2 މެމްބަރުންނެވެ. އެއީ މަކުނުދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒް އަނާރާ ނައީމް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފެވެ.

ރައްޔިތުން މަޖިލީހުގައި ހދ އަތޮޅު ތަމްސީލް ކުރައްވާ 6 މެމްބަރުން ތިއްބަވަ އެވެ. ބައެއް އެހެން މެމްބަރުންގެ ހާޒިރީއަށް ބަލާލާއިރު ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެންމެ ދުވަހަކު ސަލާމް ދަންނަވާފައިވެ އެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަކި އެއްޗެއް އެންގުމަކާ ނުލައި އެއް ޖަލްސާއަށް ވަޑައިނުގަންނަވާއިރު އެއް ޖަލްސާގައި ސަލާމް ދަންނަވާފައިވެ އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ގަފޫރު މޫސާ އެއް ދުވަހު ސަލާމް ދަންނަވާފައިވާއިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރުން އަލްއުސްތާޒް މުހައްމަދު ނަޝީދު ދެ ދުވަހު ސަލާމް ދަންނަވާފައިވާއިރު ވަކި އެއްޗެއް އެންގުމަކާ ނުލައި އެއް ޖަލްސާއަށް ވަޑައިގަނެފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ބާއްވާފައި ވަނީ 14 ޖަލްސާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355