twitterviber whatsapp telegramfacebookyoutube instagram
7th September 2025

ރެސިޕީ: ހުނިހަކުރު ފޮޅި

May 28, 2017

ބޭނުންވާ ތަކެތި

1 ½ ޖޯޑު ފުށް

2 ޖޯޑު ފެން

1 ބިސް

4 ޖޯޑު ގަބުޅި

200ގ ހަކުރު

½ މާފެން

¼ މޭޒުމަތީ ސަމުސާ ފޮނިތޮށި (ފުނޑާފަ)

¼ މޭޒުމަތީ ސަމުސާ ކާފޫރު ތޮޅި (ފުނޑާފަ)

ތައްޔާރު ކުރާނެގޮތް:

ފުށްގަނޑު ތައްޔާރު ކުރާނެގޮތް:

ފުށުގެތެރެއަށް ފެން އަޅައި ރަނގަޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބިސް އަޅާށެވެ. އެއަށްފަހު ތަވާގައި ތެޔޮފޮދެއް ހާކާލުމަށްފަހު އުުނދުން މައްޗަށް އުދާ ހޫނު ކޮށްލާށެވެ. ތަވާ ހޫނު ވުމުން މިކްސްކުރި ފުށުގެ ތެރެއިން ސަމުސަލަކުން އެތިފޮދެއް ނެގާ ތަވާގައި ތެރޭގައި ފަތުރާލާށެވެ. ބޭނުންވަރަށް ފިހެވުމުން ނަގާށެވެ. އަދި މިކްސް ހުސްވަންދެން މިގޮތަށް ތަކުރާރު ކުރާށެވެ.

ގަބުޅިގަނޑު ތައްޔާރު ކުރާނެ ގޮތް:

ގަބުޅި، ހަކުރު، މާފެން އަދި ފޮނިތޮއްޓާއި ކާފޫރުތޮޅި ރަނގަޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު މަޑު ގިނީގައި ހަކުުރު ގިރި، ފެން ހިނދެންދެން ހޫނު ކުރާށެވެ. ފެން ހިނދި ހަކުރުތައް ވިރުމުން ތައްޔާރުކުރި ފޮޅި ތެރެއަށް ގަބުޅި އަޅާ ރޯލްއެއްހެން އޮޅާލާށެވެ.

މަސްދަރު: ކާނާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355