twitterviber whatsapp telegramfacebookyoutube instagram
7th September 2025

ރެސިޕީ: ރިހާކުރު ބޯކިބާ

May 29, 2017

ބޭނުންވާ ތަކެތި:

1 ލާހި ރިހާކުރު

2 ލާހި ހަނޑޫ

4 ގިތެޔޮ މިރުސް

4 ލުނބޯ

3 ފިޔާ

ހިކަނދިފަތް، އިނގުރު، ލޮނު، ހުތް ( ކުޑަ މިންވަރެއް)

ތައްޔާރު ކުރާނެގޮތް:

ހަނޑޫ ކޮޅު ފުދޭވަރަކަށް ރާޅުކޮށް ފުޑާލާށެވެ. ނުވަތަ މުގުރާލާށެވެ. އެއަށްފަހު ހުރިހާ އެއްޗެއް ވެސް ވަރަށް ތުނިކޮށް ކޮށާލާށެވެ. ރިހާކުރު ހުތް އަދި ލޮނުކޮޅެއް އަޅައިގެން 15 މިނެޓް ވަންދެން މޮޑެލާށެވެ.

ރަގަޅަށް މޮޑެލުމުން ފިޔާ ކޮޅު ހުންނާނީ ގާތްގަނޑަކަށް ޗިސްވެފަ އެވެ. ދެން ހުންޏާއި މުގުރާފައި ހުރި ފުށް އަޅައިގެން ރަނގަޅަށް އެއްކުރުމަށްފަހި ރަހަތައް ހެޔޮވަރުކުރާށެވެ. އެއަށްފަހު ތެއްޔެއްގައި ރަނގަޅަށް ތެޔޮ ހޭކުމަށްފަހު މޮޑެފަހި ހުރި ބޯކިބާ ފުއްގަނޑު ތެލި ތެރޭގައި ރީތިކޮށް ފަތުރާލާށެވެ. ދެން މަތި އަންދައިގެން ރަގަޅަށް ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355