ބޭނުންވާ ތަކެތި:
50 ގ ކުރީމް ޗީޒް
100 ގ ހަކުރު
2 ބިސް
1 ސައިސަމުސާ ލުބޯ ހުތް
150 ގ ޕޭންކޭކް މިކްސް
50 ގ ބަޓަރ
2 އޮރެންޖް
ތައްޔާރު ކުރާނެގޮތް:
ކުރީމްޗީޒް ކޮޅާއި ހަކުރުކޮޅު އަޅާ ރަނގަޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު ބިސް އަޅާފައި މިސްކޮށްލާށެވެ. އަދި އޮރެންޖްގެ ތޮށިން އެތިކޮޅެއް ގާނާލައިފާ ލުބޯހުތްކޮޅާއި ޕޭންކޭކް މިކްސް އަދި ބަޓަރ ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކުކަރ ތެލީގައި ބަޓަރ ކޮޅެއް ހާކާލައިފާ ކުޑަ ހަކުރު ކޮޅެއް އަޅާލާށެވެ. އެއަށްފަހު އޮހެންޖް ފޮތި ފޮތިކޮށްފައި އަތުރާލުމަށްފަހު މިސްކުރިބައި އަޅާ ކުކަރުގައި 40 މިންޓް ކަންކާލުމަށްފަހު ޗީޒްކޭކް މިއޮތީ ތައްޔާރުވެފައި އެވެ.