twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރެސިޕީ: ރަވާ ބޯކިބާ

May 30, 2017

ބޭނުންވާ ތަކެތި:

1 ޖޯޑު ރަވާ (ސެމޮލީނާ)

4 ޖޯޑު ފެން

½ ޖޯޑު ގެރިކިރު

6 މޭޒުމަތީ ސަމުސާ ހަކުރު

½ ސައި ސަމުސާ ފޮނިތޮށި، ކާފޫރުތޮޅި (މުގުުރި)

1 ފިޔާ އާދައިގެ (ބޭނުން ނަމަ)

1 މޭޒުމަތީ ސަމުސާ ގިތެޔޮ ( ބޭނުން ނަމަ)

ރޯސް އެސެންސް

ތައްޔާރު ކުރާނެގޮތް:

ތެއްޔަށް ރަވާކޮޅު އަޅައިފައި މަޑުގިނީގައި ކުޑަކޮށް ހަނާކޮށްލާށެވެ. ހަނާވާ ވަސްދުވަން ފެށީމައި ފެން އަޅާފައި އެއްކުރަމުން ހަކުރާއި ގެރިކިރު އަޅާފައި، ގަނޑުފިލާ ރީތިކޮށް އޮލަވީމަ ރޯސް އެސެންސް، ކާފޫރުތޮޅި، ފޮނިތޮށި އަޅާފައި ތަބަކެއްގައި ފަތުރާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355