twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރެސިޕީ: ޗޮކްލެޓް ބާރ

Jun 1, 2017

ފުރަތަމަ ލެޔަރ އަށް ބޭނުންވާ ތަކެތި:

½ ޖޯޑު ބަޓާރ

¼ ޖޯޑު ހަކުރު

5 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާ

1 ބިސް

1 ¼ ޖޯޑު މުގުރި ބިސްކޯދު (ލޮނު ބިސްކޯދު)

1 ޖޯޑު މުގުރި އަލްމަންޑް

½ ޖޯޑު ހުނި

ދެވަނަ ލެޔަރ އަށް ބޭނުންވާ ތަކެތި:

½ ޖޯޑު ބަޓަރ

2 މޭޒުމަތީ ސަމުސާ ކަސްޓަރޑް ޕައުޑާ

5 މޭޒުމަތީ ސަމުސާ ހެވީ ކުރީމް

2 މޭޒުމަތީ ސަމުސާ ކޮފީ

2 ޖޯޑު އައިސިން ޝުގާ

ތިންވަނަ ލެޔަރ އަށް ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ބަޓަރ

170 ގ ޗޮކްލެޓް

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ އެންމެ ދަށުގަ އޮންނަ ލެޔަރ ތައްޔާރު ކޮށްލަމާ ހިނގާށެވެ. އެއީ ފުރަތަމަ ލެޔާއެވެ. ތަވާ މަޑު ގިނީގައި އުދާ ބަޓާރ ކޮޅު ގިރުވާލާށެވެ. އެއަށްފަހު ކޮކޯ ޕައުޑާ، ހަކުރު އަދި ބިސް އަޅާ އޮލަވަންދެން ގިރުވާށެވެ. ރަނގަޅަށް އޮލަވުމުން އުދުންމަތިން ބާލާފައި ބިސްކޯދު، އަލްމަންޑް އަދި ހުނި ކޮޅު އަޅާ ހާކާލާށެވެ. އެއަށްފަހު ދިގު ޓްރޭއެއްގައި ރީތިކޮށް ފަތުރާލާާށެވެ.

ދެން ދެވަނަ ލެޔަރ ތައްޔާރު ކޮށްލަމާ ހިނގާށެވެ. ބަޓަރ، ކަސްޓަރޑް ޕައުޑާ، ހެވީ ކުރީމް އަދި ކޮފީ އެޅުމަށްފަހު ގިރުވާލާށެވެ. އެބައި ގިރުނީމަ އައިސިން ޝުގާ އަޅާފައި އޮލަވަންދެން ގިރުވާލާށެވެ. އަދި ފުރަތަމަ ލެޔަރގެ މަތީގައި ފަތުރާލާށެވެ.

އެންމެ ފަހު ލެޔާ ތައްޔާރު ކޮށްލުމަށް ބަޓާރ އަދި ޗޮކްލެޓް އަޅާ ދޭތި ރަނގަޅަށް އެއްކޮށްލާށެވެ. 15 މިނެޓް ފިނިކޮށްލުމަށްފަހު ޓުރޭ މައްޗަށް އަޅާލާށެވެ. އަދި 3 ގަޑިއިރު ފިނިކޮށްލަށް ބެހެއްޓުމަށްފަހު މިއޮތީ ޗޮކްލެޓް ބާރ ތައްޔާރުވެފައި އެވެ. ބޭނުންނަމަ މައްޗަށް ކޮކޯ ޕައުޑާ ނުވަތަ ހިމުން ފޮނި ތޮށި ކޮޅެއް އެޅިދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355