ރޭ ކުރި ވިއްސާރާގައި ވައިކަރަދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވެފައި ވަނީ ރޭ ކުރި ވިއްސާރާގައި އެރަށުގެ ކެޔޮ ދަނޑު ތަކަށާއި ފަޅޯ ދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށެވެ.
އަދި 50 ދަނޑަކަށް ގެއްލުންވެފައިވާއިރު އެއީ ގާތްގަޑަކަށް 3 ލައްކަ ރުފިޔާގެ ގެއްލުން ކަމަށްވެސް އިބްރާހިމް ވަނީ ވިދާޅުވެފައި އެވެ.
އިބްރާހިމް އިތުރަށް ވިދާޅުވީ ރަށުގެ އެހެން ތަނަކަށް ގެއްލުން ލިބިފައިވާ މައުލޫމާތެއް ކައުންސިލަށް ލިބިފައި ނުވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގަ ތިލަދުންމަތީގެ ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުގެ ރުއް ގަހަށް އެކި ވަރުގެ ގެއްލުން ވެފަ އެވެ.