twitterviber whatsapp telegramfacebookyoutube instagram
3rd November 2025

އެންމެ ރަނގަޅަށް އޮޕަރޭޓްކުރާ އެއާލައިންގެ އެވޯޑް މޯލްޑިވިއަންއަށް ލިބިއްޖެ

Jun 17, 2017

މައްސަލައެއް ދިމާނުވެ އެންމެ ރަނގަޅަށް އޮޕަރޭޓްކުރާ އެއާލައިންގެ އެވޯޑް މޯލްޑިވިއަންއަށް ލިބިއްޖެ އެވެ.

މިއީ ކެނެޑާގެ އެއިރޯސްޕޭސް އަދި ޓްރާންސްޕޯޓޭޝަން ކުންފުންޏެއް ކަމުގައިވާ ބޮމްބާޑިއާ އިން ކޮންމެ އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑެކެވެ. މޯލްޑިވިއަންއަށް އެވޯޑް ލިބިފައި ވަނީ “އޯޝެނިއާ ކެޓަގަރީ” އިންނެވެ.

އެއީ އިންޖީނުގެ މައްސަލަތައް ދިމާނުވެ ރަނގަޅަށް އޮޕަރޭޓްކުރުމަށާއި ގަޑި ނުޖެހި ފުރުމުގައި ފުރިހަމަ ޕާފޮމެންސެއް ދައްކުވައިދީފައި ވާތީ ލިބުނު އެވޯޑެކެވެ.

މި އެވޯޑް ދިނުމުގައި އިންޖީނުގެ ރިލަޔަބިލިޓީގެ 99 ޕަސެންޓް މާކްސް ލިބެން ޖެހޭއިރު މިއީ މޯލްޑިވިއަންއަށް މި އެވޯޑް ލިބުނު ފަސްވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355