twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިހަވަންދޫގައި ދިރިއުޅޭ ބިދޭސީން ކައުންސިލްގައި ރަޖިސްޓްރީވުމަށް އަންގައިފި

Jun 19, 2017

ހއ އިހަވަންދޫގައި ދިިރިއުޅޭ ބިދޭސީން އިއްޔެއިން ފެށިގެން 5 ދުވަހުގެ ތެރޭގައި އެރަށު ކައުންސިލުގައި ރަޖިސްޓްރީ ވުމަށް އެ އިދާރާއިން އަންގައިފި އެވެ.

އެރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިހަވަންދޫގައި ދިރިއުޅޭ އެންމެހާ ބިދޭސީންނާއި، ބިދޭސީން ގެންގުޅޭ ފަރާތްތަކަށް ރަޖިސްޓްރީ ވުމަށް އަންގާކަމަށެވެ. މީގެ އިތުރުން އިއްޔެއިން ފެށިގެން އިހަވަންދޫގައި ދިރިއުޅޭ ބިދޭސީންނަށް 6 ކަމެއް ވެސް ވަނީ އެރަށު ކައުންސިލުން މަނާކޮށްފަ އެވެ.

1. މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ތަނުގައި ޑިއުޓީ އަދާކުރުމަށް ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި އެއްވެސް ބިދޭސީއަކު ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅުން.

2. ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2:00 ން ފެށިގެން، ހަވީރު 5:30 އާއި ދެމެދު ފިޔަވާ ގްރޫޕް ހަދައިގެން ރަށުގެ އެއްވެސް ސަރަޙައްދެއްގައި މަޑުކޮށްގެން ތިބުން.

3. ކައުންސިލްގެ އިހުތިޞާސްގައިވާ އެއްވެސް ތަނަކުން މަސްވެރިކަން ކުރުން.

4. ރަށުގެ ވަލުތެރެއަށް ވަދެ ކާށި، ދަރު، ފަން، މިބާވަތުގެ އެއްވެސް އެއްޗެއް ހޮވުން.

5. ރަށުގެ ކުނިގޮނޑަށް، ކުނިއުކާލުމަށް ފިޔަވާ އިތުރު އެއްވެސް ބޭނުމަކަށް އެ ސަރަޙައްދަށް ދިއުން.

6. ރަށުގައި ބޭއްވޭ ހަފްލާތަކަށް ދައުވަތު ނުދޭހާ ހިނދަކު ގޮސްނޫޅުން

7.

އެހެން ނަމަވެސް މިކަންކަމުން ސަރުކާރު މުވައްސަސާތަކުގެ ބެލުމުގެ ދަށުން ގެނެސްފައިވާ، ޑޮކްޓަރުންނާއި، ނަރުހުން އަދި ޓީޗަރުން އިސްތިސްނާ ވާނެކަަމަށް އެކައުންސިލުން ބުނެފައި ވެއެވެ.

އިހަވަންދޫ ކައުންސިލުން މިހެން ނިންމާފައިވަނީ އެރަށު އައިސްޕްލާންޓް ތެރޭގައި ދިވެއްސަކު މަރާލި މައްސަލާގައި އެކަން ކުރިކަމަށް ބިދޭސީއަކު އިއުތިރާފު ވުމާއި ވިދިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355