އެސްޓީއޯއިން ހަގީސް ބްރޭންޑްގެ ނެޕީ ބާޒާރަށް ނެރެފި

ނަސްވާ ޙަސަން - 2 މަސް ކުރިން - 4 ޖުލައި 2017



ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހަގީސް ބްރޭންޑް ނެޕީ މިއަަދު ބާޒާރަށް ނެރެފި އެވެ.

އެސްޓީއޯ ސުޕަމާޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ހަގީސް ބްރޭންޑް ލޯންޗް ކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަހީރު އެވެ.

އެސްޓީއޯ ބްރޭންޑް މެނޭޖަރު ރައްޝާމް މުހައްމަދު ވިދާޅުވީ ހަގީސް ވެގެންދާނީ ރާއްޖޭގައި ވިއްކާ ނެޕީ ތަކުގެ ތެރެއިން އެންމެ އަގުހެޔޮ އަދި ކޮލިޓީ ނެޕީ ކަމަށެވެ.

ހަގީސް ޑައިޕާސް އާއި ވޮންޑަ ޕޭންޓްސް މިއަދު ބާޒާރަށް ނެރުނުއިރު އެސްޓީއޯ ސްޕަމާޓްގައި ހުރި އަގަށް ރަށްރަށުގެ އައުޓްލެޓް ތަކުންނާއި ފާމަސީ ތަކުން ވެސް ލިބިގެންދާނެ ކަމަށްވެސް ރައްޝާމް ވަނީ ވިދާޅުވެފައި އެވެ.

އޭގެ އިތުރުން އެސްޓީއޯއިން ވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާ އަށް ހަ މަސްދުވަހުގެ ނެޕީ ހަދިޔާ ކޮށްފަ އެވެ. ފިޔަވަތީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވީ ފިޔަވަތީގެ ސީއީއޯ ފާތިމަތު ޝިޔާމާ އެވެ.


ގުޅުން ހުރި ލިޔުންތައް



  1. ސައީދު 2 މަސް ކުރިން
    ދެރައީ ތީނ އެއވެސްއެއްޗެއް ކުޅުދުއްފުށީ އެސްޓީ އޯ އައް ނުގެންނާނެތީ ރާއްޖޭގަ އެންމެ ޑިމާންޑު ބޮޑުސަރަހައްދު އެކަމަކު އެންމެ ސޮޓޮކް މަދުން ގެންނަ ތަންމި ،ވިސްނާވިސްނާ ސަބަބެއް ނޭގުނު ފިޔާއަލުވިބިސް ގެނަޔަސް ހަލާކުނުކޮށެއް ނުގެނޭ މީހުނބުނާގޮތުން ކުޅުދުއްފުށީ ވިޔަފާރިވެރިން މެނޭޖަރައް އައް ލިބޭ ކަމިސަން ވަރައްބޮޑު ތަކެތިމަދުން ގެނައިމަ
    1. ސައީދު އަށް ބުނެލަންއޮތީ 2 މަސް ކުރިން
      އެސްޓީ އޯ ކުޅުދުއްފުށީ ފިހާރައިގަ ވެސް ހަގީސް ނެޕީ ލިބެން އެބަހުއްޓޭ! ތަނެއްދޮރެއް ބަލައި ނުލައި ކޮމެންޓް ކޮށްލީމަ އެވީހޭ! އެސްޓީ އޯ ފިހާރައަށް ވަދެލާފަ މިހާރު އެއްޗެއް ބުނެބަލާށޭ!