twitterviber whatsapp telegramfacebookyoutube instagram
20th June 2025

ކުޅުދުއްފުށީ ކެމްޕަސް: ޑީންސް އެވޯޑާއި ޓޮޕް އެޗީވާރސް އެވޯޑް ހާސިލު ކުރި ދަރިވަރުންގެ އަދަދު އިތުރުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 19, 2025

ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޑީންސް އެވޯޑާއި ޓޮޕް އެޗީވާސް އެވޯޑް ހާސިލުކުރި ދަރިވަރުންގެ އަދަދު އިތުރުވެއްޖެ އެވެ.

އެގޮތުން ގައުމީ ޔުނިވާސިޓީގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ޑީންސް އޮނަލިސްޓް އެވޯޑް އެ ކެމްޕަހުގެ 9 ދަރިވަރަކު ހާސިލުކުރި އެވެ. މިއީ އެ ކެމްޕަހުގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ދަރިވަރުން ޑީންސް އެވޯޑް ހާސިލު ކުރި ފަހަރެވެ.

ޑީންސް އެވޯޑް ހާސިލުކުރީ ސްކޫލް އޮފް ނާސިންގގެ 5 ދަރިވަރަކާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ 4 ދަރިވަރެކެވެ.

ސްކޫލް އޮފް ނަރސިންގގެ ޑީންސް އޮނަރލިސްޓް އެވޯޑް ލިބުނު ދަރިވަރުން

  • އާއިޝަތު އަބްދުއްރަޙްމާން - ބެޗެލަރ އޮފް ނަރސިންގ
  • ފާތިމަތު އަޒްމާ އަލީ - ބެޗެލަރ އޮފް ނަރސިންގ
  • ނައުފާ ހުސައިން - ބެޗެލަރ އޮފް ނަރސިންގ
  • އައިޝަތު ޒޫނާ މޫސާ - ބެޗެލަރ އޮފް ނަރސިންގ
  • މާހީން މުހައްމަދު - ބެޗެލަރ އޮފް ނަރސިންގ

ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންސް އޮނަރލިސްޓް އެވޯޑް ލިބުނު ދަރިވަރުން

  • ހަދީޖާ މުހައްމަދު - ބެޗެލަރ އޮފް އެޑިއުކޭޝަން ޕްރައިމަރީ (އިސްލާމް/ގުރުއާން)
  • އިހްސާނާ މުހައްމަދު - ބެޗެލަރ އޮފް ޗީޓިންގ ޕްރައިމަރީ
  • މަރްޔަމް ހަނާ އިބުރާހިމް - ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ
  • އަހުމަދު އާޒިމް - ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ

މީގެ އިތުރުން އެ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 22 ދަރިވަރަކު ޓޮޕް އެޗީވާރސް އެވޯޑްވެސް ހާސިލްކުރި އެވެ. މިއީވެސް އެ ކެމްޕަހުގެ ތާރީހީ ކާމިޔާބީ އެކެވެ. އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހަކީ މާލެ ފިޔަވާ އެންމެ ގިނަ ނަރުހުން އުފައްދާ ކެމްޕަހެވެ.

މި ދަރިވަރުންނަށް ޑީންސް އެވޯޑާއި ޓޮޕް އެޗީވާރސް އެވޯޑް ދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދާއި މޭޔަރު މުހައްމަދު އާތިފެވެ.

މި ރަސްމިއްޔާތުގައި އެ ކެމްޕަހުގައި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުން އިޤްރާރުވި އެވެ. މި ދަރިވަރުންނަށް އިޤްރާރު ލައިދެއްވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކްލިނިކަލް ނާރސިންގ ސޮބީހާ އާދަމެވެ.

މި ރަސްމިއްޔާތުގައި ކެމްޕަހުގެ މެނޭޖަރ އައިމިނަތު މުހައްމަދާއި ލެކްޗަރާއިންނާއި ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯ އަދި ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355