twitterviber whatsapp telegramfacebookyoutube instagram
19th April 2024

މެމްބަރު ލަތީފް ޕީޕީއެމްއިން ވަކިވެވަޑައިގަތުމުން ދިއްދޫ ކައުންސިލްގެ ރައީސް މަރުހަބާ ވިދާޅުވެއްޖެ

Jul 5, 2017

ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބުދުލް ލަތީފް މުހައްމަދު ޕީޕީއެމް އިން ވަކިވެވަޑައިގަތުމުން، ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން އިސްތިއުފާ ދެއްވާ އެޕާޓީގެ މުސްތަސާރަށް އަބުދުލް ލަތީފް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އަމިއްލަ ގޮތުން ކުރިމަތިގެން ހޮވުމަށް ފަހު ޕީޕީއެމްއާ ގުޅިވަޑައިގަތީ ސަރުކާރާ ގުޅިގެން ގައުމަށާއި ދިއްދޫ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރެއްވުމުގެ އަޒުމާއި އުއްމީދުގަ ކަމަށް އެވެ.

އަދި ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވެފައިވާ ދިވެހި ޒުވާނުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދޭން މަޖިލިހުގެ ތެރެއިންނާއި ބޭރުން މަސައްކަތްކުރެއްވުމުގެ ނިޔަތް ވެސް އޮތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްދީދީ މިއަދު ކޭއޯއަށް ވިދާޅުވީ އަބުދުލް ލަތީފްގެ އެ ނިމުންމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. 3 އަހަރު ވެގެންދިޔަ އިރު ދިއްދޫގެ ޒުވާނުންނަށާއި ދިއްދޫގެ ތަރައްގީއަށް އެއްވެސް ކަމެއް ސަރުކާރުން ކޮށްދީފައިނުވާ ކަމަށެވެ. މެމްބަރު ލަތީފް އިސްތިއުފާދެއްވީ އެހުރިހާ ސަބަބުތަކެއް ހާމަކުރައްވާފަކަމަށް ހާޝިމް ވިދާޅުވި އެވެ.

ލަތީފްގެ އިސްތިއުފާއަށް ތާއިދުކުރައްވަމުން އަލީ ހާޝިމްދީދީ ވިދާޅުވީ ސަރުކާރު އެދުނު ހުރިހާކަމެއް އަބުދުލް ލަތީފްކޮށްދެއްވާފައިވާ ކަމަށާއި އެހެންނަމަވެސް މެމްބަރު ލަތީފް އެދުނު އެެއްވެސް ކަމެއް ސަރުކާރުން ކޮށްދެއްވާފައިނުވާ ކަމަށެވެ. އެކަމުގެ އެންމެ ބޮޑު އެއް ހެއްކެއްގެ ގޮތުގައި އަލީ ހާޝިމް ދެއްކެވީ 3 އަހަރު ވެގެންދިޔައިރުވެސް ރައީސް ޔާމީން ދިއްދޫ ވަޑައިގަނެފައިނުވާ ސަބަބެވެ.

ރާއްޖޭގެ ކޮންމެ ރައީސެއްވެސް ދިއްދޫއަށް ވަޑައިގެން ލޮލުން ރަށުގެ ކަންތައްތައް ދެކެވަޑައިގަންނަވާ ކަމަށާއި މިހާ ދުވަސްވެގެންދިޔައި އިރުވެސް ރައީސް ޔާމީން ރަށަށް ވަޑައިގެންފައިނުވާ ކަމަށް އަލީ ހާޝިމްދީދީ ވިދާޅުވި އެވެ.

” ދިއްދޫއާ ދޭތެރޭ އެވަރުގެ ސަމާލުކަމެއް ނުދެއްވީމަ މެމްބަރުގެ އެނިންމެވުމަކީ ހަމަ ރަނގަޅު ނިންމެވުމެއް. ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން ” ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ޕީޕީއެމްގައި ހުންނަވައިގެން މެމްބަރު ލަތީފް ދިއްދޫގެ ތަރައްގީއަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށާއި އެހެންނަމަވެސް ސަރުކާރުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެމަސައްކަތްތައް މަޑުޖެހި، ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355