twitterviber whatsapp telegramfacebookyoutube instagram
12th September 2026

އުރީދޫ އިން ސުޕަރނެޓްގެ ހިދުމަތް ވިލުފުއްޓަށް ތައާރަފްކޮށްފި

Jul 15, 2017

އުރީދޫ އިން ސުޕަރނެޓްގެ ހިދުމަތް ތ. ވިލުފުއްޓަށް އިއްޔެ ތައާރަފް ކޮށްފިއެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެ ކަމަށެވެ.

އުރީދޫ އިން ސުޕަރނެޓްގެ ހިދުމަތުގެ އިތުރުން ވިލުފުއްޓަށް ވަނީ ތިރީސް އެމްބީޕީއެސް އާއި ހަމައަށް ހަލުވި އިންޓަނެޓް ސްޕީޑު ފޯރުކޮށްދޭ ހާއްސަ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖުތަކެއްވެސް ތައާރަފްކޮށްފައެވެ.

އުރީދޫއިން މައުލޫމާތުދޭ ގޮތުގައި ސެޓަޕް ފީ، ސެކިއުރިޓީ ޑިޕޮސިޓް، އެޑްވާންސްކޮށް ދައްކަންޖެހޭ މަހުފީ، އަދި ހިދުމަތް އަލުން ގުޅާލަދިނުމުގެ ފީ ނުނަގާ ގޮތަށް އެކުންފުނިންވަނީ ނިންމާފައި ކަމަށެެވެ.

އޭގެ އިތުރުން ހަަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ހިދުމަތް ބޭނުން ކުރަށްވާ ބޭފުޅުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ވިލުފުށީގެ ރައްޔިތުންނަށް އެންމެ ހެޔޮއަގުގައި 30 އެމްބީޕީއެސް އާއި ހަމައަށް އިންޓަނެޓް ސްޕީޑް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

އަދި އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓަށް އަތް ޒިޔާރަތް ކުރެއްވުުމުން ނުވަތަ 929 އަށް ގުޅާލުމުން ލިބިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293