twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފައިސާގެ ބޮޑެތި އިނާމުތަކާއެކު “އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް”

Jul 16, 2017

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އަކީ، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން “ރިވެތި ރާއްޖެ، މަގޭ ރާއްޖެ” މި ޝިއާރުގެ ދަށުން ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ،“އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް” ގެ ނަމުގައި ވަރަށް ހާއްސަ މައުރަޒެއް އިއުލާނުކޮށްފައެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ޖޫން 5 އިން ފެށިގެން 31 ޖުލައި 2017 ގެ 15:00 އާއި ހަމައަށް ހުޅުވާލެވިފައި ވެއެވެ. މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު ، recycles.mwsc.com.mv  އިން ލިބެން ހުންނާނެއެވެ. މި މައުރަޒުގައި ބައިވެރިވެ ވަަޑައިގަނަން ބޭނުންފުޅުވާ ފަރާތްތަކުން ، މި ވެބްސައިިޓް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. އަދި ފޯމް އީމެއިލް މެދުވެރިކޮށް [email protected]  އަށް ވެސް ހުށަހެޅޭނެެއެވެ. ހާޑްކޮޕީ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ފެން ބިލްޑިންގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ ކައުންޓަރާ ހަވާލުކުރަންވީއެވެ.

އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް އަކީ، މުޅި ރާއްޖެއަށް ހާއްސަ ކުރެވިގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕްލާސްޓިކް (ޕްލާސްޓިކް ފުޅި، ޕައިޕް، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕަރ/ކޮތަޅު، ޝްރިންކް ފިލްމް/ރެޕަރ، ޕޮލިމަރ) ފަދަ ތަކެތި ބޭނުން ކޮށްގެން އުފެއްދުންތަކެއް ތައްޔާރުކުރުމުން އެތަކެތި މި މައުރަޒުގައި ދައްކާލެވޭނެކަމަށް އެމްޑަބުލިއުއެސްސީ މައުލޫމާތު ދެއެވެ.

މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭން އެކިއެކި ވަނަވަނައަށް އަންނަ ފަރާތްތަކަށް ހުށަހަޅާފައިވާ ޖުމުލަ ފައިސާގެ އަދަދު 820،000 ރުފިޔާއަށް އަރާއިރު އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

 

ކެޓަގަރީ “އޭ” އަކީ ވަކިވަކި ފަރުދުންގެ ގޮތުގައި ބައިވެރިވުމަށް ހާއްސަކުރެވިފައިވާ ކެޓަގަރީއެވެ. އެގޮތުން މި ކެޓަގަރީގައި 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި ސްކޫލް، ކުންފުނިތައް (ސަރުކާރު އަދި ސަރުކާރު ޙިއްސާވާ ކުންފުނި، އަމިއްލަ ކުންފުނި، އެންޖީއޯ އަދި ރިސޯޓްސް) ހިމެނޭނެ އެވެ.

ކެޓަގަރީ “ބީ” އަކީ ހާއްސަ އެހީއަށް ބުނުންވާ ކުދިންނަށް ހާއްސަ ކެޓަގަރީއެވެ. މި ކެޓަގަރީ ބަހާލެވިފައި ވަނީ ހަތް ބަޔަކަށެވެ. އެގޮތުން ފެނުމުގެ ނުކުޅެދުންތެރިކަން، އިވުމުގެ ނުކުޅެދުންތެރިކަން، ދަސްކުރުމުގެ ނުކުޅެދުންތެރިކަން، ޑައުން ސިން ޑްރޯމް، އޯޓިސްޓިކް އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މި ކެޓަގަރީގައި ހިމެނޭނެއެވެ.

“އެމްޑަބްލިއުއެސްސީ ރިސައިކަލްސް” މައުރަޒުގެ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ތިން ފަރާތެއް ހޮވައި، އެ ފަރާތްތަކަށް ކަނޑަ އެޅިފައިވާ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.

A ކެޓަގަރީ –

 

3 ވަނަ

2 ވަނަ

1 ވަނަ

ކެޓަގަރީ  

10,000

20,000

30,000

އަހަރުން ދިށް  17

10,000

20,000

30,000

އަހަރުން މަތި  18

20,000

50,000

70,000

ސްކޫލް

20,000

50,000

70,000

އޮގަނައިޒޭޝަން

 

ކެޓަގަރީ –ބީ (ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަށްް )

3 ވަނަ

2 ވަނަ

1 ވަނަ

ކެޓަގަރީ  

10,000

20,000

30,000

ފެނުމުގެ ނުކުޅެދުންތެރިކަން

10,000

20,000

30,000

އަޑުއިވުމުގެ ނުކުޅެދުންތެރިކަން

10,000

20,000

30,000

ދަސްކުރުމުގެ ނުކުޅެދުންތެރިކަން

10,000

20,000

30,000

ޑައުން ސިންޑްރްމް

10,000

20,000

30,000

އޯޓިސްޓިކް

10,000

20,000

30,000

ޖިސްމާނީ ނުކުޅެދުންތެރިކަން (އަތް)

10,000

20,000

30,000

ޖިސްމާނީ ނުކުޅެދުންތެރިކަން (ފައި)

 

މައުރަޒުގައި ބައިވެރިވެރިވާ ފަރާތްތަކުން ތައްޔާރުކުރާ ތަކެތީގެ މަސައްކަތް ކުރިއަށްދާގޮތް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ހާއްސަ ޓެގްލައިނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. އެއީ MWSCRecycles2017 #RivethiRaajjeMageyRaajje# އެވެ.

“އެމްޑަބްލިއުއެސްސީ ރިސައިކަލްސް” މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް މަހުގެ 20 އިން 24 އަށެވެ.

މައުރަޒުގައި ބައިވެރިކުރާ އާޓްވޯކްތައް ހުށަހެޅުމުގެ ސުންގަޑިއަކީ 13 އޯގަސްޓް އިން 16 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ17:00 އެވެ. ތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ، ނޭޝަނަލް އާޓްގެލަރީގެ ހޯލުގައެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355